ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސަސައިޒް އެކުވެރިން 2019 ނިންމާލައިފި

އެކްސަރސައިޒް އެކުވެރިން 2019  ގެބައިވެރިން - ( ފޮޓޯ: އެމްއެންޑިއެފްް)
ޝެއާރކޮށްލާ ކަހަލަދޯ؟

“އެކްސަސައިޒް އެކުވެރިން 2019” ގެ ނަމުގައި އިންޑިޔާ އާއި ރާއްޖޭގެ އަސްކަރިށްޔާ ގުޅިގެން ބޭށްވި ތަމްރީނުތައް މިއަދު ނިންމާލައިފިއެވެ.

އިންޑިއާގެ ޕޫނޭގައި މި މަހުގެ 7 އިން ފެށިގެން ކުރިއަށްދިޔަ މި ތަމްރީނުތަކަކީ ރާއްޖެޔާ އިންޑިއާގެ އަސްކަރީށްޔާއާ ދެމެދު އޮންނަ ގުޅުންތަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒްއެކެވެ.

އެކްސަސައިޒް ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑުއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މި އެކްސަސައިޒްގާ ބައިވެރިވި ދިވެހި ސިފައިންގެ ކޮންޓިންޖެންޓް  ބައިވެރިންނާ ބަށްދަލު ކުރަށްވާ ތަމްރީނާއި ބެހޭ މައުލޫމާތު ވަނީ އޮޅުންފިލުވާފަ އެވެ.

ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން މިއެކްސަސައިޒުގައި ކިޔަވައިދެވާފައު ވެއެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެވެސް އެއް ޤައުމެއްގައި ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބޭއްވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓަރޒް ޅ.މާފިލާފުށީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: