ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމިއްޔަތު ދިރުވާ އާލާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ, "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު -2024" ހުޅުވައިދެއްވުން/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ 37 އަހަރު ކުރިން ޤައުމުގެ މިނިވަންކަން ގެއްލުވާލުމަށް ދިން ޙަމަލާއިން ސަލާމަތްވެ، ފާއިތުވި އަހަރުތަކުގައި އެ ޖިހާދުން ދިވެހިން ގިނަ ފިލާވަޅުތަކެއް ލިބިގެންފައިވާ ކަމަށެވެ.

ރައީސް ވަނީ މި ޖަލްސާގައި ޝަރަފް ހޯއްދެވި ބޭފުޅުންނަށްވެސް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، ދިވެހި ޤައުމު އޮތްހާ ދުވަހަކު ޤައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރެއްވި ޝަހީދުންގެ ޒިކުރާ ދެމި އޮންނާނެ ކަމަށެވެ.

އެއީ އެކިއެކި ދުވަސްވަރު އެކި ކަހަލަ ޙަމަލާތަކުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށް ޤައުމަށްޓަކައި ޝަހީދުވި އަބްތާލުން

ދިވެހިންނަކީ އެއްބައެއްވަންތަ ބައެއްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މި ޤައުމުގެ މި ޙަޤީޤަތާއި ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ޖިހާދުންގެ ޒިކުރާއިން އިބްރަތް ލިބިގަނެގެންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރަން ޖެހެނީވެސް އެ މަޤްސަދުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އެ ކަންކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ރައީސް ވަނީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް އަލިއަޅުވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ޤައުމު ދެކެ ލޯބިވާ އަދި ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި ދަރިންތަކެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެއީ ހަމައެކަނި ސިފައިން ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބޭ އޮފިސަރުންނަށް ކުރެވޭ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: