ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާވާ ޤާނޫނު އުވައިލަން އެމްޑީޕީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ހުއްދައެއް ހޯދުމެއް ނެތި އަޑުއުފުލުމަށްޓަކައި ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ޤާނޫނު އުވައިލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅައިފިއެވެ. މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

މެންބަރު މީކާއިލް ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ސަބަބުން އެ ޙައްޤު އުނިވާކަމަށް ޤަބޫލު ކުރެވޭތީއެވެ. އެހެންކަމުން ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަކީވެސް ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޤާނޫނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފާސްކޮށްފައިވާ ޤާނޫނެކެވެ. އެގޮތުން އޭރު ޤާނޫނު ފާސްކުރިއިރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ. އަދި ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެމްޑީޕީން ވެރިކަމަށް އައިސް މި ޤާނޫނު އުވާލާނެކަމަށް ބުނަމުން ދިޔަނަމަވެސް، ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައިރު އެ ޤާނޫނު އުވާލާފައެއް ނުވެއެވެ.

އެމްޑީޕީން މި ޤާނޫނު އިސްލާޙު ކުރުމަށް ހުށަހަޅާފައިމިވަނީ އެއްވެ އުޅުމުގެ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމްވެސް ދާދި ފަހުން މަޖިލީހުގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އުޝާމް ވިދާޅުވީ އެ ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި އޮތް ކަމަށާއި، އެހެންނަމަވެސް އެއްވެ އުޅުން ހިމެނޭ ގޮތަށް، ޤާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއް އަދި ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫންކަމަށެވެ. ”އެއްވެ އުޅުމުގެ ހައްގުތައް ބޭނުން ކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށް، އިހްތިރާމްކޮށްގެން.“ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު ގެންދަނީ ކުރިން ހުއްދައެއް ހޯދުމެއް ނެތި އަޑުއުފުލުމަށްޓަކައި އެއްވެ އުޅެވުމުގެ ހައްގު ޤާނޫނުއަސާސީން ލިބިދޭ ކަމަށާއި، އެއް ހައްގަށް ހުރަސް ނޭޅޭނެކަމަށް ބުނެ މި ޤާނޫނު އުވާލުމަށް ގޮވާލަމުންނެވެ. މި ބިލު މަޖިލީހުން ފާސްވެއްޖެނަމަ، ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ޤާނޫނު އުވައިލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: