މި ދައުރުގައި ޝަރުއީ ދާއިރާއަށް ގެނެވިފައިވާ އިސްލާހުތައް އެމްޑީޕީގެ މެމްބަރުންނަށް ސާފުވާކަމަށް ގަބޫލުނުކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުންވަނީ ރާއްޖޭގައި ފަނޑިޔާރުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށާއި މައްސަލަތައް ކުރިއަށް ގެންގޮސް ނިންމާލުމުގައި ހުރި ގާނޫނީ ހުރަސްތައް ނުވަތަ ދަތިތައް ހައްލުކޮށް ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުންދަނީ އެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ އެންމެހާ މަސައްކަތްތައްވެސް ނިންމާލަމުންކަމަށާއި ކަންކަން ކުރިއަށްދަނީ ބާރު ދުވެލީގައިކަމަށެވެ. ނަމަވެސް އިންސާފު އަރާ ހަމަކުރެވޭކަމަށް ދިވެހިން ބަލައިގަންނާނީ ކުށުގެ ވެށީގައި ހިމެނުމުގެ ސަބަބުން މައްސަލައެއްގައި ބެދިގެންދާ މީހާގެ ޝަރީއަތް ނިމި ހުކުމެއް އިއްވާނެ ތާރީހު އެނގިގެންދާ ހިސާބުންކަމަށެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފަނޑިޔާރުންގެ ފަރާތުން ހުށައެޅިގެންދާ ދަތިތަކުގެ މައްސަލަތައް މަޖިލީހުން ހައްލުކުރާނެކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މައްސަލަތައް ހިނގަމުންދާ ގޮތް ގާތުން ބައްލަވަމުންދާނެކަމަށެވެ. އަދި ކަންކަން ހިނގަމުންދާ ދުވެލިވަސް ބަލަމުންދާނެކަމަށާއި ޕީއެންސީން ބޭނުން ވަނީ މައްސަލައިގެ ތާރީހުގެތައް ކަނޑައެޅި ނިމިގެންދާނެ ދުވަސް އެނގިގެން ދިއުމަށްކަމަށެވެ.
ތާރީހު ކަނޑައަޅާ ގޮތް ގާނޫނު ހަދާ ބާރުން ބުނެދިނުމުން މައްސަލަ ނިމިގެންދާނެ ގޮތް ފަނޑިޔާރު ގެއިން ކިޔައިދެވެން ވާނެކަމަށެވެ. އަދި އަދުލު އިންސާފު ލިބެންޖެހޭނެއިރު އެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލުތަކެއް ގެނެސްދިނުމަކީ ރައީސްކަމުގައި ހުންނެވި ބޭފުޅެއްގެ ޒިންމާއެއްކަމަށެވެ.
މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ޒިންމާތައް އަދާކުރައްވަމުންކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައި ފަހުން މިހާތަނަށް ގެނެސްދީފައިވާ ހައްލުތަކަކީ ކޮބައިކަން ވާދަވެރިންނަށް އެނގޭކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. ޝުޖާއު ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ވައުދުތައް ވުމަށްފަހު އެމްޑީޕީއަށް އެކަން ނުކުރެވުމުން ޕީއެންސީގެ މެމްބަރުން އެކަން އެކި ފުރުސަތުތަކުގައި ކުރެއްވިކަމަށާއި ނަމަވެސް ފެނިގެންދިޔައީ އެކަމަށް ޖާގަނުދީ އިސްލާހުތައް ބޭރުކުރި މަންޒަރުކަމަށެވެ.

