ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަމްހާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަލީމަތު ލަމްހާ އަބްދުއްރަޙްްމާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މީގެ ކުރިން ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާތީ ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓަށްވެސް ދިޔައެވެ. އަދި ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުން ގޯސްކަމަށް ނިންމައި އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގައިގެން ލަމްހާ ބަންދުވެސް ކުރިއެވެ.

އެންމެ ފަހުން ލަމްހާ ދޫކޮށްލިއިރު ގާޒީ ނިންމެވީ އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ދެނެގަތުމަށް އެސެސްމަންޓެއް ހަދަންޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު އެ ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ވަނީ އެ ނިންމެވުން ބަދަލު ކުރައްވައި ލަމްހާ އަލުން ޝަރީއަތް ނިމެންދެން ބަންދު ކުރެއްވުމަށް އަމުރު ކުރައްވާފައެވެ. ގާޒީ ވިދާޅުވީ، ލަމްހާއަށް ކުރެވޭ ތުހުމަތުތަކާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ބަންދުކުރި ހާލަތު ބަދަލުވެފައި ނުވާ ކަމަށެވެ. ވީއިރު، އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަޒަންކުރަން އެސެސްމަންޓެއް ހަދަން ނުޖެހޭނެކަމަށް ގާޒީ ނިންމެވިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުވާ އުފުލީ 2021، އޮކްޓޯބަރު މަހުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ލަމްހާގެ އެންމެ ބޮޑު ޝަކުވާއަކީ އަޑުއެހުންތައް ރަނގަޅު ސްޕީޑެއްގައި ކުރިޔަށް ނުދިއުމެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: