ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު މިސްރުގެ ޗީފް ޖަސްޓިސްއާ ބައްދަލުކުރައްވައިފި

އުއްތަމަ ފަނޑިޔާރު މިސްރުގެ ޗީފް ޖަސްޓިސްއާ ބައްދަލުކުރެއްވުން.... ފޮޓޯ ސުޕްރިމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިޞްރުގެ ކައިރޯއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިޞްރުގެ ޗީފް ޖަސްޓިސް ސަޢީދު މަރްޢީ އުމަރުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް ޖަސްޓިސް އޮފް ދަ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓު އޮފް އިޖިޕްޓް، އޮނަރަބަލް ޑރ. ޢާދިލް އުމަރު ޝަރީފް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުއްތަމަ ފަނޑިޔާރު މިސްރުގެ ޗީފް ޖަސްޓިސްއާ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި މިޞްރުގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކޮށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

އެމަނިކުފާނު މިސްރަށް ވަޑައިގަތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ބަލެމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބަޔާނެއް ނެރެ އެ ކޮމިޝަނަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގެންފައެވެ. ހަގީގަތް އޮޅޭ ގޮތަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވާފައިވާ ކަމަށް ބުނެ ޖޭއެސްސީއިން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: