ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ޙަވާލުކުރި ކުންފުނިތަކުން މާލިއްޔަތު ޤަވާއިދުގައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްފައިވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަޝްރޫއުތައް ޙަވާލުކުރި ހުރިހާ ކުންފުންޏެއްވެސް މާލިއްޔަތު ޤަވާއިދުގައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތަރައްޤީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި މަޝްރޫއުތައް ޙަވާލުކުރެވުނީ އޮންނަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފަހުކަމެވެ.

ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކުގައި ހިމެނެނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތްތައް ޙަވާލުކުރެވުނު ހުރިހާ ކުންފުނިތަކުންވެސް މާލިއްޔަތު ޤަވާއިދުގައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިގޮތުން ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ގިނަ މަޝްރޫއުތަކެއް ޙަވާލު ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން 13 ރަށެއްގައި 825 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ވަނީ ޙަވާލު ކުރެވިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައިވެސް ގެދޮރުވެރިކަމުގެ ދާއިރާއިން އިތުރު ގިނަ މަސައްކަތްތަކެއް އަދިވެސް ފެށިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ކުންފުނިތައް ކުރިއަރުވައި، ޤައުމުގެ އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ގެނައުމެވެ. ސަރުކާރުގެ ބޮޑެތި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ޙަވާލުކުރުމަކީ، އެ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކޮށް، މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިފަދަ ފުރުޞަތުތަކުގެ ސަބަބުން ދިވެހި ކުންފުނިތަކުގެ ޤާބިލުކަން އިތުރުވެ، ބޭރުގެ ކުންފުނިތަކާ ވާދަކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ މި ބޮޑު މަސައްކަތުގެ ސަބަބުން، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، ޤައުމީ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެންދާނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: