ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭންޑިންގް ކްރާފްޓު ކައްޕިއަކަށްހުރީ އޮަޕަރޭޝަނަލް ގާބިލުކަން ހުރި މީހެއް ނޫން: އެމްޕީއެލް

އެމްޕީއެލް ހުޅުމާލެ ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަހައްދުގެ ބޭރުގައި އޮތް ”އެމް.ވީ ސެލެސްޓިއާ“ ބޯޓުން 2025 ނޮވެންބަރު 02 ވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް މުދާ ބަރުކުރުމުގެ ތެރޭގައި ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، އެ އުޅަނދުގެ ކައްޕިއެއްގެ މަގާމުގައި ހުރި ފަރާތަކީ އެފަދަ އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމުގެ ގާބިލުކަން ހުރި މީހެއް ނޫންކަން އެނގިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، ހާދިސާ ދިމާވި އޮޕަރޭޝަންގައި 2 އެކްސްކެވޭޓަރު އެރުވުމަށް ލޭންޑިންގް ކްރާފްޓު ހަމަޖެއްސީ މުދާ އެތެރެކުރި ފަރާތުންނެވެ. އެހެންނަމަވެސް، އޭރު އުޅަނދުގައި ހުރި ކެޕްޓަނަކީ މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާބިލުކަން ލިބިފައިވާ މީހެއް ނޫންކަން އެނގިފައިވާކަމަށާއި، އުޅަނދު ދުއްވުމަށްޓަކައި ބޭނުންވާ ލައިސެންސްގެ އިތުރުން ނިޔަމި ސެޓިފިކެޓްވެސް އޭނާގެ ނެތްކަމަށް އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އުޅަނދުގެ ސަލާމަތާއި އެހެނިހެން ކަންކަން ގަވައިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައިނުވާކަން އެމްޕީއެލްއިން ވަނީ ހިއްސާކޮށްފައެވެ. ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި، އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން އެނގޭއިރު، އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަންވެސް އެނގެން އޮތްކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބާލާ އޮޕަރޭޝަންތަކުގައި، އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަނެވެ.

ފުރަތަމަ 02 އެކްސްކެވޭޓަރ ލޭންޑިންގް ކްރާފްޓްގައި ބެހެއްޓުމަށްފަހު، ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އާލާތްތައް ކާގޯ ބޯޓަށް ނެގިކަން ފެންނަން އޮތްކަމަށް އެމްޕީއެލްއިން ބުނެއެވެ. ނަމަވެސް، އަނެއްކާވެސް ލޭންޑިންގް ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން، ލޭންޑިންގް ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލި، ލޭންޑިންގް ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވިކަމަށް ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ވަނީ މި ހާދިސާގެ އެތެރޭގެ ތަހުގީގުތަކަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި ޑައިރެކްޓު ޑެލިވަރީ އޮޕަރޭޝަންތަކުގައި އަމަލުކުރާ އުސޫލު މުރާޖާކޮށް، ހަރުދަނާކޮށް ރައްކައުތެރިކަން ކަށަވަރުކުރުމަށް މުއައްޒަފުން ބައިވެރިކޮށް، އެކަމަށް ސަމާލުކަން ދިނުމަށް އަހުލުވެރިކުރުމުގެ މަސައްކަތްތައް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: