ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެއްވެސް ބައެއްގެ ދެމެދު ތަފާތެއް ނުކުރާނެ: އިމްރާން

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި އިމްރާން ލަތީން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވަކި ބަޔަކާއިމެދު ތަފާތުކޮށް އަމަލުނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އިމްރާން ވިދާޅުވީ، ދިވެހިރާއްޖެ، މި ބަސް ބޭނުންކުރާނީ ދިވެހިންކަމާއިމެދު ޝައްކެއް ނެތްކަމަށެވެ. އަދި ވިސިޓް މޯލްޑިވްސްއާއި ސަނީ ސައިޑް އޮފް ލައިފް ފަދަ އިބާރާތްތަކަކީވެސް ހަމަ ހުރެފައި ގެނެސްލި އިބާރާތްތަކެއް ނޫންކަމަށާއި އެއީ ހެދިގެންދިޔަ ބޮޑެތި ދިރާސާތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް ބޭނުންކުރެވެމުންދާ ލަފްޒުތަކެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން އެތައް މިލިއަން ޑޮލަރެއް ހަރަދުކުރެވިފައިވާކަމަށެވެ. އަދި ރާއްޖެއަށް މަސްވެރިކަމުގެ ސިނާއަތުވެސް ކޮންމެހެން ބޭނުންތެރިއިރު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑު މަންފާތަކެއް ވަންނަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާއިންކަމަށް ހިއްސާކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، ދިވެހިންނަކީ މަސްވެރިކަމާއި ފަތުރުވެރިކަން ގައުމުގެ އިގްތިސާދީ ލޭނާރުގެ ގޮތުގައި ކަނޑައަޅައިގެން ދައުވާކުރަމުންދާ ބައެއްކަމަށެވެ. މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކި ފަރާތަކާއިމެދު ވަކި ގޮތަކަށް އަމަލު ނުކުރާނެކަމަށާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނަމަ އެ ބައެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުރުން ލާޒިމުކަމަށެވެ. އެމީހަކީ ދަތި ނިންމުންތައް ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށްވުން މުހިންމުއިރު ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއާއި ދެކޮޅަށް އަމަލުތަކެއް ނުހިންގާކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މިޔަރު މަސްވެރިކަމުގެ ހުއްދައެއް ދިނުމަށް މަސައްކަތްކުރުމަކީ މަސްވެރިކަމާ ދެކޮޅަށް ހިންގާ އަމަލެއް ނޫންކަމަށެވެ.

މެމްބަރު ވިދާޅުވީ، މީގެ ކުރިން ފުވައްމުލަކުގައި ފެމުނު މިޔަރަކީ މިހާރު އޮތް މިންވަރަށް މަގުބޫލުކަން އޮތް އެއްޗެއް ނޫންކަމަށެވެ. މިގޮތުން އެފަދަ މިޔަރު ފެންނަ ވާހަކަަތައް މަސްވެރިންގެ ކިބައިން އިވިގެން ގޮސްފައިވާއިރު ޑޮކިއުމެންޓު ކުރެވިގެންދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޑައިވަރުންވެސް ހިމެނިގެން ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިންކަމަށެވެ. އަދި އޭގެ ފަހުން ބޮޑު ކުރިއެރުންތަކެއް އައިސް މިއަދު އެ ރަށުގެ ފަތުރުވެރިކަން ބިނާވެފައިވާ ކަންކަމުގެ ތެރޭގައި އެތަކެތި ދައްކައިގެން ކުރާ މަސައްކަތްތައް ހިމެނޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: