ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 ވަނަ ދުވަހު އޮންނަ ބޮޑު ޖަލްސާއިން ރައްޔިތުން ވާދަވެރިންގެ ދޮގުތައް ގަބޫލުނުކުރާކަން ހާމަވެގެން ދާނެ: އަބްދުލްރަހީމް

މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 14 ވަނަ ދުވަހު ބާއްވާ ބޮޑު ޖަލްސާއިން ރައްޔިތުން ވާދަވެރި ފަރާތްތަކުގެ ދޮގު ވާހަކަތައް ގަބޫލުނުކުރާކަން ހާމަވެގެންދާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަލްސާއަށް ތައްޔާރުވުމަށްޓަކައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުލްރަހީމް ވިދާޅުވީ މިއީ ޕީއެންސީގެ ބޮޑު ޖަލްސާއެއް ކަމަށާއި، ރައްޔިތުން މި ޖަލްސާއަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ ކަންތައްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި، ރައީސްއަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. މި ޖަލްސާއަށް ވަޑައިގެންނެވުމުން އިތުރަށް ސާފުކުރަން ޖެހޭކަމެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސް މުއިއްޒު ރައްޔިތުންނާއި މުހާތަބު ކުރައްވާނެކަމަށާއި، އެހެންކަމުން މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި މި ޖަލްސާއާއިއެކު ރައްޔިތުންގެ އުއްމީދުތައް އާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ފެށިފައިވަނީ ވަރަށް ބާރު ސްޕީޑުގައިކަން ފާހަގަކުރައްވައި އަބްދުލްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅު ނިމުނު އިރު ހުރިހާ ތަރައްގީގެ މަޝްރޫއުތަކެއް ފެށިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ކޮޅަށް ޖެހުމަށްޓަކައި 205 މަޝްރޫއުއެއްގެ އެއްބަސްވުމުގައި އެފަދަ ކުންފުނިތަކާއިއެކު ސޮއިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ މަޝްރޫއު ޕްރައިވެޓް ސެކްޓަރާއި ހަވާލުކުރި ދުވަސްކަމަށް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައްޔިތުންނަށް ވާނުވާ އެނގޭކަމަށާއި، ވެރިކަން ދާ މިސްރާބު ރައްޔިތުންނަށް ކަމުދާކަމަށެވެ. ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް މި ސަރުކާރާއިއެކުގައި ވަޑައިގެންނެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެބައޮތް ކަމަށާއި، ޖަލްސާއަށް ރައްޔިތުން ވަޑައިގަންނަވަނީ އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސީދާ ރައީސް އެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.

އަބްދުލްރަހީމް އިތުރަށް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަތައް މި ޖަލްސާއަށް ހާޒިރުވާ ރައްޔިތުންގެ އަދަދަށް ބަލާލުމުން އެނގޭނެކަމަށާއި، ރައްޔިތުން އެ ވާހަކަތައް ގަބޫލު ނުކުރާކަންވެސް ހާމަވެގެންދާނެ ކަމަށެވެ. މި ޖަލްސާއާއިއެކު ރައްޔިތުން ބަލައިގަންނަނީ ކޮން ފިކުރެއްގެ، ކޮން ލީޑަރެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރާއިމެދު ވަރަށް ހިތްހަމަ ޖެހިފައިކަމަށާއި، ޝުއޫރުތަކުން މިކަން ހާމަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: