ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މާލިޔަތު ގަވައިދަށް ގެނައި އިސްލާހު ގޯސް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ!

އެމްޑީޕީގެ ގައުމީ މަޖިލިސް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި 206 އެއްބަސްވުމެއްގައި ސޮއިކޮށް، ގިނަ ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފައިވަނީ މާލިޔަތު ގަވައިދަށް ގޯސްކޮށް އިސްލާހު ގެނެސްގެންކަމަށް ބުނެ، އެ އިސްލާހު ބާތިލް ކުރުމަށް އެމްޑީޕީން ކޯޓަށް ދާން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މި މައްސަލާގައި ކޯޓަށް ދިޔުމަށާއި، މިކަމާއި ގުޅިގެން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްއެވެ. މި ގަރާރު ވަނީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި ގަރާރުގައިވާ ކަންކަމަށް އެމްޑީޕީން ވަނީ އިގުރާރުވެފައެވެ. އެގޮތުން، ގާނޫނާ ހިލާފަށް ހަދައިފައިވާ އެގްރީމަންޓުތައް ބާތިލުކުރުމަށް ސަރުކާރަށާއި މިކަމުގައި ބައިވެރިވި ކުންފުނިތަކަށް ގޮވައިލުމަށް ވަނީ ނިންމާފައެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލުމާއިއެކު އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، މާލިއްޔަތުގެ ގަވައިދަށް ގެނައި ޣައިރު ދުސްތޫރީ ބަދަލު ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުމަށާއި، ދައުލަތައް މި މުއާމަލާތުގެ ސަބަބުން ލިބިދާނެ ބޮޑު ގެއްލުމަކަށް ޓަކައި މި މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް އަމުރެއް ނެރުމަށް ކޯޓުގައި އެދެންވެސް ނިންމާފައިވެއެވެ. އެމްޑީޕީން ބުނެފައިވަނީ މި މައްސަލައިގައި މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ، އެމްޑީޕީން ދެން އެކުލަވައިލާ ސަރުކާރުގައި، މި މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީޕީން ވަނީ ވާދަވެރި ބީލަމަކަށް ނުގޮސް ޕްރޮޖެކްޓުތައް ދިން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި މިއީ ގާނޫނުތަކާއި ގަވާއިދުތައް ތަން ދޭ ގޮތެއް ނޫނެވެ. އަދި ރައްޔިތުންގެ ފައިސާ އެގޮތަށް ހޭދަނުކުރެވޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: