ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ތުހުމަތު ހިިމެނޭ ގޮތަށް އޭސީޕީ ޝިފާނަށް އެތައް ތުހުމަތުތަކެއް!

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާނާ ދެކޮޅަށް ބަދުއަހުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ. މި ތުހުމަތުތައް ހުށަހަޅާފައިވަނީ ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރުންގެ ފަރާތުން ވިސުލްބްލޯވަރުންގެ ގޮތުގައެވެ.

241 ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީގެ 11 އޮފިސަރުން ވަނީ ޝިފާނާއި ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. މި ސިޓީގައި ވަނީ ޝިފާނަށް ދެ ބާވަތެއްގެ ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބަޔާންކޮށްފައެވެ.

އެގޮތުން، ޝިފާނަށް ކުރެވޭ އެއް ތުހުމަތަކީ ބަދުއަހުލާގީ އަމަލު ހިންގުން ކަމަށް ވިސުލްބްލޯވަރުންގެ ސިޓީގައި ބުނެފައިވެއެވެ. މި ތުހުމަތުގައިވާ ގޮތުން، ޝިފާންގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުންނާއި، ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކުގައި ވެސް އެފަދަ އަމަލުތައް ހިންގައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުންހުރި އެފަދަ މައްސަލަތައް ވެސް ހުރިކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ޖިންސީ ތުހުމަތުތަކުގެ އިތުރުން، ޝިފާން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސުލޫކީ މިންގަނޑުތަކާ ހިލާފު މައްސަލަތައް ހިންގާފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އަދި، ޝިފާން ފުލުހުންގެ މުވައްޒަފަކަށް ފުރައްސާރަކުރުމުގެ މައްސަލައެއް އޮއްބާލުމުގައި އޭރުގެ ފުލުސް ކޮމިޝަނަރު އަދި ޕޮލިސް ސަރވިސް ކޮމިޝަން (ޕީއެސްސީ) ގައި އޭރު މަސައްކަތްކުރި މިހާރުގެ ޗީފް އެސްޕީ ނާފިޒު މަސައްކަތްކުރެއްވި ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން 241 ކޮމިޓީން މި މައްސަލަ ބަލާނެ ގޮތެއް އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: