ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ފޭސް ދޭއްގެ ނިކަގަސް މަގުގައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓުގައި ނިޔާވީ އުމުރުން 19 އަހަރުގެ، ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް ކަމަަަަށެވެ.

ފުލުހުން ބުނީ ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިކަމަށެވެ. އަދި ރަޔާން ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަމަަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ، ނިކަގަސް މަގުން ވަން ވޭއާއި ހިލާފަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެ މަގަަށް އެޅި އެހެން ސައިކަަލެއްގައި ޖެހިގެން ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: