ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުން ސައުދީގެ ހޮސްޕިޓަލަކާއި، އެއާލައިނަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި!

ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން، ހައްޖުގެ އަޅުކަމަށް ދާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ކަށަވަރުކުރުމުގެ ގޮތުން، ސައުދީ އަރަބިއްޔާގެ ދެ މުއައްސަސާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި، ހައްޖާޖީން އުފުލުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

ދިވެހި ހައްޖާޖީންނަށް ސިއްހީ އެހީތެރިކަން ދިނުމަށް، ހައްޖު ކޯޕަރޭޝަނުން ސޮއި ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދުއެވެ. މި އެއްބަސްވުމުގެ ދަށުން ހައްޖަށްދާ ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލު ސޮއިކުރެއްވި އިރު، އަބީރު މެޑިކަލް ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ހޮސްޕިޓަލްސް ޑރ. ފަހިމް ރަހްމާނުއެވެ.

މީގެއިތުރުން، ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ ޖުމްލަ 50 އިންސައްތަ ސައުދީ އެއަރލައިންގައި ގެންދިޔުމަށް، އެ އެއަރލައިނާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީވެސް މެނެޖީންގ ޑީރެކްޓަރ މުހައްމަދު ޝާކީލްއެވެ. އަދި ސައުދީ އެއަރލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއަރލައިންގެ ރާއްޖެ، އިންޑީއާ އަދި ސްރީލަންކާއަށް ކަނޑައަޅައިފައިވާ އެއަރލައިން މެނޭޖަރ އިއްސަމް އަލް ހައްބްސީއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދިޔުމަކީ، ހައްޖަށް ދާ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތަކާއެކު، ސިއްހީ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހައްޖާޖީންނަށް އިތުބާރު ހުރި އަދި މަތީ ފެންވަރުގެ ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: