ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައާއި، އެކި އިނާޔަތްތައް މުއްސަނދި މަހުޖަނުންނަށް ދިނުން ހުއްޓާލަން ޖެހޭ: ސަލީމް

ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވާސަލް ހެލްތް އިންޝުއަރެންސެއްގެ ގޮތުގައި، ރާއްޖޭގައި އެންމެނަށްދޭ އާސަންދައާއި ދައުލަތުން ދޭ އެހެނިން އިނާޔަތްތައް ތަނަވަސް މަހުޖަނުންނަށް ދިނުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގެ ނިޒާމު އޮތް ގޮތުން، އާސަންދައާއި އެންސްޕާގެ ހިދުމަތްތައް ތަނަވަސް އެތައް ބަޔަކަށް ލިބޭ ކަމަށެވެ. އަދި އެއީ މުއްސަނދި މަހުޖަނެއް ނަމަވެސް، އެ މީހާގެ އުމުރުން 65 އަހަރުވުމަށް ފަހު ދައުލަތުން ދޭ 5،000 ރުފިޔާގެ އިނާޔަތް ވެސް ލިބެމުންދާކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިކަންކަން ރަނގަޅަށް ބަލައި ދިރާސާކޮށް، މިގޮތަށް އެލަވަންސްތައް ދިނުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި ވިދަޅުވީ ތަނަވަސް މީހުންގެ އަތުން ޒަކާތް ނެގުން އޮތް ނަމަވެސް، ނިކަމެތީންގެ ބަދަލުގައި އެ އަނބުރާ އަނެއްކާ ލިބެނީ ވެސް ތަނަވަސް މީހުންނަށް ކަމަށެވެ.

މިއީ ހައްލު ކުރަންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މުއްސަނދިންގެ އަތުން ޒަކާތް ނެގުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ސަލީމް ވިދާޅުވީ ކަންކަން އިސްލާހު ކުރުމުން، ރާއްޖޭގައި ފަގީރުންނެއް ނުތިބޭނެކަމަށެވެ. އަދި މިއީ ވަރަށް ކުޑަ އާބާދީއެއް އޮތް ގައުމެއްކަމަށް ވެސް ވިދާޅުވި އެވެ.

މިއާއި އެކު މުއްސަނދި މީހުންގެ އަތުން ނަގާ އެކި ޓެކްސްތައް ވެސް ދައުލަތަށް ރަނގަޅު ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖެހެން ޖެހޭކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: