ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހިސާބުތައް ވަނީ ވަންހަނޭވެ، ސިއްރުކޮށްފައިވާ އެއްޗަކަށް ވެފަ: މީކައިލް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލީ ހިސާބުތަކަކީ ވަންހަނާވެ، ސިއްރުކޮށްފައިވާ އެއްޗެއް ކަމަށޤ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މީކައިލް މިފަދައިން ވިދާޅުވިއިރު، އޭނާ ވަނީ ސަރުކާރުން ބަޖެޓު ހުށަހަޅުއްވައިފައިވާ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީކައިލް ފާހަގަކުރެއްވި ގޮތުގައި، ފިސްކަލު ޒިންމާގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ޤާނޫނުގެ ދަށުން ސަރުކާރުން ފިސްކަލު ޗާޓަރެއް އެކުލަވާލައި، އެއާ އެއްގޮތަށް ފިސްކަލު ސްޓްރެޓެޖީއެއް އާންމުކުރަން ޖެހެއެވެ. އަދި، ޤާނޫނުގައި ބަޔާންކުރާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓު ހުށަހަޅަން ޖެހެނީވެސް މި ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެހެންނަމަވެސް، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ހުށަހަޅުއްވައިފައިވަނީ ފިސްކަލް ސްޓްރެޓެޖީ އާންމުނުކޮށް ކަމަށް މީކައިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ އަސާސްތައް އޮތީ ގޯސްކޮށް ކަމަށާއި، މާލީ ހިސާބުތައް އޮޅުވާލާ، ”މެނިޕިއުލޭޓް“ ކުރުން އާންމުވެފައިވާކަން މި ބަޖެޓުން ހާމަވާ ކަމަށެވެ.

މީކައިލް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި ބަޖެޓާ ގުޅޭގޮތުން ބަހުސްކުރަނީ، ސަރުކާރުން ހުށަހަޅުއްވާނީ ރަނގަޅު މާލީ ހިސާބުތަކެއް ކަމަށާއި، ސްޓްރެޓެޖީއަކީ މުސްތަޤްބަލުގައި ސަރުކާރު ޒިންމާދާރުކުރެވޭނެ ހާމަކަން ބޮޑު އެއްޗެއް ކަމަށް ދެކިގެންނެވެ. އެހެންނަމަވެސް، ސަރުކާރުގެ މާލީ ހިސާބުތަކަކީ މިހާރު ވަންހަނާވެ، ސިއްރުކޮށްފައިވާ އެއްޗެއް ކަމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: