މި އަހަރުގެ އުރީދޫ ފަން ރަން 2025 ގައި ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު ފަންކިޓު ތަކުގެ ތެރޭގައި ފޮރުވިފައި ވާނެކަމަށް އުރީދޫއިން ބުނެފިއެވެ.
މިގޮތުން އުރީދޫ ފަން ރަން 2025 ގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތަތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓު ހޯދައި ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ޓިކެޓް
•1 ގޯލްޑެން ސްވިރލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް® ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައި. މި އެވޯޑު ލިބޭ ފަރާތަކަށް 19 ޑިސެމްބަރު 2025 އިން 30 ނޮވެމްބަރ 2026 ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް® ބުއިން ހިލޭ ލިބޭނެ އެވެ
.
• 5 ޕާޕަލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ® މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ އެވެ
.
•244 ސިލްވަރ ޓިކެޓް: ކޮންމެ ބެވަރޭޖް އެއް ގަންނަ ކޮންމެ މީހަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ފަން ކިޓް: 210 ރުފިޔާ: ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ.
ސްޓޭންޑާޑް ކިޓް: 110 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ
ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު 14 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ފަން ރަންގައި ބައިވެރިވާ ފަރާތްތަކުން ”ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް®“ ގެ ޓިކެޓް ހޯދައިގެން ހާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ.

