ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓަކީ ރައްޔިތުންގެ ފައިސާ، ހަރަދުކުރާ މަޝްރޫއުތަކުގެ ތަފްސީލު އެނގެން ޖެހޭ: ދީދީ

މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓަކީ ރައްޔިތުންގެ ފައިސާ، ހަރަދުކުރާ މަޝްރޫއުތަކުގެ ތަފްސީލު އެނގެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރަށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މިއީ އެއްވެސް ވަރަކަށް ރިއަލިސްޓިކް ބަޖެޓެއް ނޫންކަމަށެވެ. އެގޮތުން މިއަހަރަށް ހުށައެޅި ބަޖެޓަކީވެސް ވަރަށް އުއްމީދީ ބަޖެޓެއްގެ ގޮތުގައި ސިފަކުރިކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ހައުސިންގެ މަޝްރޫއުތައް ހިންގާނެކަމާއި، އެތައް އެތައް ކަމެއްގެ ވާހަކަދެއްކި ނަމަވެސް، އެއިން އެއްްވެސްކަމެއް އަދި އަދަށްވެސް ހާސިލްކުރެވިފައިނުވާކަމަށް މެންބަރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައިވެސް ޕީއެސްއައިޕީ މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ހާއްސަކޮށްފައި އޮތްކަމަށާއި، ނަމަވެސް މިއީ ހަމަ ޖަހާލާފައި ހުރި ނަންބަރުތަކެއްކަމަށް ފާހަގަކުރިއެވެ. އެއްވެސް ކަހަލަ ތަފްސީލީ މައުލޫމާތުތަކެއް މީގެ ތެރޭގައި ހިމަނާފައި ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމަ މިދިޔަ އަހަރުގެ ބަޖެޓު ޑުޕްލިކޭޓުކޮށްލާފަ، ހަމަ އެއަށްވުރެ 7 ޕޮއިންޓް އެތައް ބިލިއަން ޑޮލަރެއް އިތުރުކޮށްލާފަ ހަމަ ފިގާތަކެއް ނެރެލާފަ އޮތީ، ހަގީގަތުގައި މީހުން ބުނެ އުޅޭ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކުރާ ކަންތައްތަކެއް ހުރެއެއް ނޫންތޯ؟

މެންބަރު ވިދާޅުވިއެވެ.

ބަޖެޓު ފަރުމާކޮށްފައި އޮތީ، ނަމެއްގައިކަމަށް ފާހަގަކޮށް މެންބަރު ވަނީ މި ބަޖެޓުން ރައްޔިތުންނަށް ހާސިލްވާނެ އެއްވެސް ކަމަކާއި ގުޅޭ މައުލޫމާތު ސާފު ނޫންކަމަށް ވިދާޅުވެފައެވެ. ބަޖެޓެއް އެކުލަވާލުމަކީ ގާނޫނުން ލާޒިމް ކުރާކަމަކަށްވާތީ ފޮތެއް ހެދުމަށްފަހު މަޖިލީހަށް ހުށައެޅީކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އެއްވެސް މިސްރާބެއް އަމާޒެއް ހުރި މަންޒަރެއް ނުފެންނަކަމަށާއި، އެކަށީގެންވާ ބަހުސެއްވެސް ބަޖެޓަށް ނުކުރާކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މި ސަރުކާރުން ބަޖެޓުގައި ހިމެނިކަމަކަށް ހައެކަނި ކޮށްފައިވާ މަސައްކަތަކީ މުވައްޒަފުންނަށް މުސާރަ ދިނުންކަމަށާއި، އެކިއެކި އަތޮޅުތަކަށް ނުވަތަ ރަށްތަކަށް ހާއްސަކޮށްގެން އެެއްވެސް މަޝްރޫއުއެއްގެ ތަފްސީލު މި ސަރުކާރުން ހުށައަޅާ ބަޖެޓުގައި ނޯންނަކަމަށާއި، މެންބަރުންވެސް ދައްކަމުން ދަނީ އެއް ވާހަކަތަކެއްކަމަށެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވަނީ ރައްޔިތުންގެ ފައިސާކަމަށެވެ. އެހެންކަމުން ބަޖެޓުގައި ދާއިރާތަކަށް ހާއްސަކޮށްފައިވާ ކަންކަމުން ކުރާނީ ކޮން މަސައްކަތްތަކެއްކަށް ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ. މިއީ ޕީއެންސީ ނުވަތަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފައިސާ ނޫންކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، އެހެންކަމުން ރައްޔިތުންނަށް ފޮރުވައިގެން ކަންކަން ކޮށްގެން ނުވާނެކަމަށެވެ.

ރައްޔިތުންނާއި ބައްދަކުރުމުގެ ނަމުގައިވެސް ކުރަމުން ދަނީ އެއްވެސް ތާކުން ތާކު ޖެހޭ މަސައްކަތްތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ 27،000 އެއްހާ ރައްޔިތުން އުޅޭ ސަރަހައްދުތަކަށް ވަޑައިގެންނެވުމަށްފަހު، 20 މިނިޓު ރަށުގައި ހޭދަނުވާއިރު، ބައްދަލުވާނީ ކޮން ރައްޔިތަކާއިތޯ މެންބަރު ސުވާލުއުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: