ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަށް ހާޒިރު ކުރެވުނީ ސިޔާސީ މަޝްރަހުގައި ދެކެވޭ ވާހަކަ އޮޅުވާލަން: ޣައްސާން

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން- (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވުނީ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާ  އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާޔާގުޅިގެން ރޭ ޣައްސާން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރެވިފައެވެ. ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް  ދެއްވި އިންޓަރވިއުއެއްގާ ޣައްސާން ވިދާޅުވީ ފުލުހަށް ހާޒިރު ކޮށްފައިވަނީ މިދުވަސްކޮޅު ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމުގެ ވާހަކަ އެހެން މިސްރާބަކަށް އަނބުރާލެވޭތޯ ކަމަށާއި ރައްޔިތުން ހިތްހަމަޖެހިވަޑައި ނުގަންނަވާފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޣައްސާން ފުލުހަށް ހާޒިރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދިފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއަރުސީގެ ފައިސާ 267 ފަރާތަކަށް ވަނީ ލިބިފަ އެވެ. މީގެތެރޭގައި ރައްޔިތުން މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި 18 ވަނަ މަޖިލީހުގެ 44 މެމްބަރަކެވެސް ހިމެނޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޣައްސާން ފުލުސް އޮފީހަށް ވަޑައިގެންއިރު އަރިހުގައި ހުންނެވީ ވޭތުވެދިޔަ ހަތަރު އަހަރު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރި ބޭބޭފުޅު ފާރިސް މައުމޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: