ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރު ކަމުގެ ފަތްކޮޅު އިނގިރޭސި ރާނީއަށް އަރުވައިފި

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ .ފަރަހަނާޒް ފައިސަލް އިގިރޭސި ރާނީ އެލިޒަބަތު ދެވަނައަށް ސަފީރު ކަމުގެ ފަތްކޮޅު އެރުވުން - (ފޮޓޯ: ސޯޝަލް މީޑިއާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ރާނީ އެލިޒަބަތު އަށް ސަފީރުކަމުގެ ފަތްކޮޅު ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ .ފަރަހަނާޒް ފައިސަލް އަރުވައިފި އެވެ.

ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއާއި ފިރިކަލުން ޑރ. މުހައްމަދު އަހުމަދު ދީދީ ލަންޑަނުގައި ހުންނަ ބަކިންހަމް ޕެލެސްގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ވަނީ ރާނީ އެލިޒަބަތު ދެވަނައާ ބައްދަލުކުރައްވާފަ އެވެ. އަދި ސަފީރު ޑރ. ފަރަހަނާޒް ވަނީ، ދިވެހި ސަފީރުކަމުގެ ފަތްކޮޅު ރާނީއަށް އަރުވައިފަ އެވެ.

ޑރ. ފަރަހަނާޒް ވިދާޅުވާގޮތުގައި އިނގިރޭސި ވިލާތާއި ރާއްޖެޔާ އޮންނަ ގުޅުންތަށް އާ އުސްމިންތަކަކަށް ގެންދިއުމަށް އެކަމަނާ މަސައްކަތް ކުރަށްވައެވެ.

https://twitter.com/RoyalFamily/status/1189204905896140801?s=20

އިނގިރޭސި ވިލާތުގައި ހުންނަވާ ސަފީރު ކަމުގައި ޑރ. ފަރަހަނާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވާ، މަޖިލީހުން ނަން ފާސްކުރަށްވާފައިވަނީ 2018 ވަނަ އަހަރު ޑިސްންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް، ސަފީރު ކަމުގެ ފތްކޮޅު ރައީސް ސޯހް ޑރ. ފަރަހަނާޒްއަށް އަރުވާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުއެވެ.

ޑރ. ފަރަހަނާޒް ފައިސަލް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ނޮން ރެޒިޑެންޓް ސަފީރުކަމަށް ފްރާންސް، ސްޕެއިން، ނޯވޭ، ސްވީޑެން، ޑެންމާކް އަދި ފިންލެންޑަށް ކަނޑައަޅުއްވާފައި ހުންނެވިއެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: