ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީއިން ޓުއަރިޒަމްއަށް ބިން ދޫކުރަނީ

އައްޑޫ ސިޓީ - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއިން ޓުއަރިޒަމްއަށް ހާއްސަ ކޮށްގެން ބިން ދޫކުރަން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީގެ ފަސް ރަށަކުން ގެސްޓް ހައުސްއާއި ސިޓީ ހޮޓެލް ތަރައްގީ ކުރުމަށް ބިން ދޫކުރުރުމަށް ކައުންސިލްއިން ނިންމައިފިއެވެ. މިގޮތުން ހިތަދޫ ޓުއަރިޒަމް ޒޯން އިން 30 ބިން، ފޭދޫ ދިގިހޭރާ ޓުއަރިޒަމް ޒޯން އިން 24 ބިން، މަރަދޫ ވެންބޮޅަފުށި ޓުއަރިޒަމް ޒޯން އިން 1 ބިން، ހުޅުމީދޫ މާފިޝި ޓުއަރިޒަމް ޒޯންއިން 25 ބިމާއި މީދޫ މުލަމަތި ޓުއަރިޒަމް ޒޯން އިން 16 ބިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ހިތަދޫ އިން ބިން ދޫކުރާ ސަރަހަދުގައި 3.7 ހެކްޓަރު ހުރެފައި ފޭދޫ އިން ބިން ދޫކުރާ ސަރަހަދުގައި 3.2 ހެކްޓަރު ހުރެފައި މަރަދޫ އިން ބިން ދޫކުރާ ސަރަހަދުގައި 0.33 ހެކްޓަރުއެވެ. އަދި ހުޅުދޫ އިން ބިން ދޫކުރާ ސަރަހަދުގައި 4.65 ހެކްޓަރު ހުރެފައި މީދޫ އިނ ބިން ދޫކޫރާ ސަރަހައްދުގައި 3 ހެކްޓަރު ހުރެއެވެ.

މިސަރަހައްދު ތަކުން ބިން ބަލައިގަންނަން ބޭނުންވާ ފަރާތްތަކުން 31 އޮކްޓޫބަރ އާއި 28 ނޮވެމްބަރ ދެމެދު އައްޑޫ ސިޓީ ކައުންސިލްއިން ލިބިގެންދާނެއެވެ. އަދި، މި ބިންތައް ދޫކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 14 ނޮވެންބަރުގެ 10:00ގައި، ގަން  އިކުއަޓޯރިއަލް ވިލެޖްގައި ބޭއްވުމަށް ވަނީހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: