ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށައަޅާ އިސްލާހުތަކަށް ތާއީދު ނުކުރެވެނީ ސާފުނުވާ ކަންތައްތަކެއް ހުންނާތީ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުށައަޅާ އިސްލާހުތަކަށް ތާއީދު ނުކުރެވެނީ ސާފުނުވާ ކަންތައްތަކެއް ހުންނާތީކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ބިލުތަކާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ނާޒިލް ވިދާޅުވިއެވެ. އެގޮތުން ނާޒިލް ފާހަގަކުރެއްވީ އެއް ގާނޫނެއްގެ ދަށުގައިވާ ތަފާތު ދެކަމަކަށް އެއް ފަހަރާ އިސްލާހު ހުށައެޅުމެވެ. މިހެން އަމަލުކުރުމުން، އެ އިސްލާހަށް ތާއީދު ކުރާއިރު، އަނެއް އިސްލާހަށް ތާއީދު ނުކުރަނީނަމަ، ވޯޓު ދިނުމުގައި ވަރަށް ބޮޑަށް ދަތިވާނެކަމަށް ވިދާޅުވިއެވެ. ބަންޑާރަ ނައިބުގެ އޮފީހުންނާއި، ރައީސް ސޮފީހުގެ ލީގަލް އެފެއާޒް ސެކްޝަނުން މިފަދައިން އަމަލުކުރަނީ ކީއްވެގެންކަން ސާފުނުވާކަމަށް ފާޙަގަކުރެއްވިއެވެ.

ސިޔާސީ ޕާޓީއަކުން ކަނޑައެޅުމުން މެންބަރެއްގެ ގޮނޑި ގެއްލޭނެތޯ ނޫނީ ނުވަތަ ނޫންތޯ ސުވާލު އުފައްދާ ސްޕްރީމް ކޯތަށް ހުށައެޅި މައްސަލައިގައި އަދިވެސް އޮތީ ގޮތެއް ނުނިންމާކަމަށް ފާހަގަކޮށް މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އޮއްވާ އަނެއްކާ، މިއާއި ގުޅިގެން މަޖިލީހަށް އިސްލާޙު ހުށައެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް މެންބަރު ވިދާޅުވިއެވެ. މި އިސްލާހުތަކުގައި ތަފްސީލީ މައުލޫމާތުތައްވެސް ހިމަނާފައި ނެތްކަމަށް ވިދާޅުވިއެވެ.

މި އިސްލާހު މިގޮތަށް ގާނޫނު އަސާސީއަށް ގެނެވިފައި އޮތްއިރު 73 ވަނަ މާއްދާގެ (ޅ) މި ބުނަނީ މި މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން، އެއީ ކޮން ގާނޫނެއްކަމެއްވެސް އަދި އަޅުގަނޑުމެންނަކަށް ނޭނގެ.

ނާޒިލް ވިދާޅުވިއެވެ.

މެންބަރެއްގެ ގޮނޑި ގެއްލުމުގައި، ވަކި ގާނޫނެއްގައި އޮތް ގޮތަށް އަމަލުކުރަން ޖެހޭނެކަމަށް އޮތް ނަމަވެސް އެއީ ކޮން ގާނޫނެއްކަމެއްވެސް ސާފުނުވާކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، އިސްލާހުގައިވާ ކަންކަން ސާފުނުވާކަމަށެވެ. އެހެންކަމުން ތާއީދު ކުރާނީ ކިހިނެއްތޯ ސުވާލު އުފެއްދެވިއެވެ.

ނަމަވެސް ނާޒިލް ވަނީ މި އިސްލާހުގައިވާ ބައެއް ކަންކަމަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ. އެގޮތުން ޕާޓީއަކުން ފިޔަވަޅު އަޅައިގެން ކަނޑާލާ ހާލަތުގައި ޕާޓީގައި އޮންނަ ފިޔަވަޅު އަޅާ ކޮމިޓީއިން ވޯޓުދޭ ގޮތަކުން ގޮނޑި ގެއްލޭ ހާލަތެއް އައުން ފާހަގަކުރެއްވިއެވެ. ވަކި އަދަދެއްގެ މެންބަރުންގެ ވޯޓާއިއެކު ގޮނޑި ގެއްލޭކަމަށްވާނަމަ، އެކަމުގައި ވޯޓު ދިން ރައްޔިތުންގެ ހައްގެއްވެސް އޮންނަކަމަށް ދޭހަވާކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލް ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށައަޅާފައިވާ އިސްލާހާއި ދެކޮޅަށްވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ނާޒިލް ވިދާޅުވިއެވެ. ސަރުކާރުން އެކަން ކުރަން އުޅެނީ ކަމުގެ ހަގީގަތް އޮޅުވާލައިގެންކަމަށް ނާޒިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: