ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރަނީ މެދުރާސްތާ އަދި ދުރުރާސްތާއަށް ވިސްނައިގެން: ސައީދު

"މެދުރާސްތާ އާއި ދުރުރާސްތާގެ ރޭވުންތައް" ސެމިނާރގ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރަނީ މެދުރާސްތާ އަދި ދުރުރާސްތާއަށް ވިސްނައިގެންކަމަށް ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި، ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން މާލޭގައި ބޭއްވި ”މެދުރާސްތާ އާއި ދުރުރާސްތާގެ ރޭވުންތައް“ ސެމިނާރގ ގައެވެ. ބާސެލޯގައި ބޭއްވުނު ސެމިނާރގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ލިބިފައިވާ ސްޓްރެޓެޖިކް ރޭވުންތަކުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ.

ވަޒީރުގެ ވާހަކަގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގެ ދަށުން އެ ޤައުމުން ހޯދާފައިވާ ސްޓްރެޓެޖިކް ރޭވުންތަކުގެ ތަޖުރިބާއަށް ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުމާއިއެކު އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޤައުމީ ޕްލޭން ކަމުގައިވާ ’ރެޒިލިއަންޓް މޯލްޑިވްސް 2045 ޤައުމީ ތަރައްޤީގެ ޕްލޭން‘ އަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިއްބައިދޭނެ ތަޖުރިބާއެއްކަން ފާހަގަކުރެއްވިއެވެ.

”މެދުރާސްތާ އާއި ދުރުރާސްތާގެ ރޭވުންތައް“ ސެމިނާރގ.

މި ޕްލޭންގެ މަސައްކަތް ފަށާއިރު، ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުމުގެ ދަށުން، ކުރިއަށް އޮތް 20 އަހަރު ދުވަހާއި އެއަށްވުރެ ދިގު މުއްދަތަށް، ދިވެހިރާއްޖެ ތަފާތު، ދެމެހެއްޓެނިވި، މޫސުމަށް އެކަށީގެންވާ، ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށް މަގުދައްކާނެ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

ޗައިނާއާއެކު ދިވެހިރާއްޖެއިން ބާއްވާ ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތައް ދާއިރާއަކުން އިންޤިލާބީ ނަތީޖާތަކެއް މިހާރުވެސް ވަނީ ފެނިފައިކަމަށެވެ.އަދި ޚާއްސަކޮށް، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސަބަބުން ވެރިރަށް މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބެއް އައިސްފައިވާއިރު، ބޯހިޔާވަހިކަމާއި، އިންފްރާސްޓްރަކްޗަރ އަދި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިދާން ވަނީ އިތުރަށް ހަރުދަނާވެފަކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

”މެދުރާސްތާ އާއި ދުރުރާސްތާގެ ރޭވުންތައް“ ސެމިނާރގ

މީގެ އިތުރުން، 2024 ވަނަ އަހަރު ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުން ލިބުނު ހިތްވަރުގެ މައްޗަށް ބިނާކޮށް، 1 ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެން ދިޔަކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސެމިނާރަކީ، ”ޗައިނީސް ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް“ ގެ ދަށުން، ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ހެއްކެކެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތައް ހަލުވިވެ، މޫސުމީ ގޮންޖެހުންތައް ކުރިމަތިވެ، އަދި ދުނިޔޭގެ ހާލަތު ބަދަލުވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޤައުމީ ތަރައްޤީއަށާއި ޒަމާނީ ފެންވަރަށް ސްޓްރެޓެޖިކް ގޮތެއްގައި މެދުރާސްތާ އަދި ދުރުރާސްތާގެ ރޭވުންތައް ރޭވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: