ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ދަނޑުވެރިކަމަކީ ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ބިންގަލެއް: ޑރ މާރިޔާ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނީ ދަނޑުވެރިކަމަކީ ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ބިންގަލެއްކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިމުގެ ދަތިކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން، އިތުރުވަމުން އަންނަ އާބާދީގެ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާކަމަށެވެ. މިކަންކަމުން ސަލާމަތްވެވޭނީ، ޒަމާނީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތަޢާރަފުކޮށް ބޭނުންކޮށްގެންކަމަށާއި، މިއީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީގެ ފަރާތުން މިފަދަ ޕްރޮގްރާމްތައް ހިންގާ، އިންތިޒާމް ކުރަނީ ހަމައެކަނި ހުނަރުތައް ދަސްކޮށްދޭން ނޫންކަމަށާއި، ބޭނުމަކީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ އުފެއްދުންކަމަށެވެ. މިއީ އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ އިސްތިރާޖީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. ޒަމާނީ ދަނޑުވެރިކަމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. މިއީ ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ބިންގަލެއްކަމަށް ވިދާޅުވިއެވެ.

ތިޔަ ބޭފުޅުން ހާސިލުކުރައްވާފައިވާ މި ހުނަރުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދީ ލަނޑުދަނޑިތަކާ ގުޅިލާމެހިފައިވާ ކަންކަނ.ް މި ހުނަރުތަކުގެ ސަބަބުނ،ް ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއ،ި ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއ،ި މުޅި ޤައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވެގެންދާނެ.

ވަޒީރު ވިދާޅުވިއެވެ.

ވެލިނުލައި ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ޢަމަލީ ތަޖުރިބާ ލިބިފައިވުމަކ،ީ ރާއްޖެފަދަ ޖަޒީރާ ރަށްތަކަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އީޖާދީ ޓެކްނޮލޮޖީއެއްކަމަށާއި އަދި ދިރޭތަކެތި ބެލެހެއްޓުމުގެ ޢަމަލީ މަޢުލޫމާތު ލިބިފައިވުމަކ،ީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދީ ލަނޑުދަނޑިތަކާ ތަމްރީނު ޕްރޮގްރާމްތަކުން ހާސިލްވާ ހުނަރުތައް ގުޅިލާމެހިފައިވާކަމަށް ވިދާޅުވިއެވެ. މިއާއިއެކު ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއ،ި ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއި، މުޅި ޤައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުރުވިސްނޭ އިރުޝާދުގެ ދަށުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް ޒަމާނީ ފަންނުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކުރުމަށް ހިތްވަރުދޭނެކަމަށްވެސް ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: