ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްގޮތްކަމާއި އެކީގައި ތަފާތުކޮށް ހުރުމަކީ، ދުނިޔޭގެ ތޮބީޢަތް: މެޑަމް ސާޖިދާ

ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެމްޕީއެލްގެ ކުންފުނިން، ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތުތައް ވަނީ ހަމަ ޖައްސައިފައެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ޝަރަފަރުވެރިކޮށްދެއްވާ، މެޑަމް ސާޖިދާ ވިދާޅުވީ، އެއްގޮތްކަމާއި އެކީގައި ތަފާތުކޮށް ހުރުމަކީ، ދުނިޔޭގެ ތޮބީޢަތް ކަމަށެވެ. އަދި، އިލާހީ ސުންނަތް، އެއީ ގުދުރަތުން ދުނިޔޭގައި ކަންކަން ލައްވައިފައިވާ އުސޫލުކަމަށާއި، ގަސްގަހާއިގެއްސާއި، މާމެލާމެއްޔާއި މެވާއަށް ބަލާލުމުން ފެނިގެންދަނީ، މި ހަގީގަތް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހި ގައުމީ ގަސްކަމުގައިވާ، ދިވެހި ރުކަށް ބަލާލުމުން ފެނިގެންދާކަމަކީ، ރުކު ތަފާތު ވައްތަރުތައް ހުންނަ ކަމެވެ. އަދި، އެ ތަފާތު ރުށްރުކުގައި އަޅާ މޭވާގެ ކުލައާއި ސިފައިގެ އިތުރުން ރަހަވެސް ތަފާތު ކަމަށެވެ. އެހެންކަމުން، އެއް އަސްލެއްގެ، އެތައް ތަފާތެއް ހިމެނޭ، އެތައް ބާވަތެއް ލެއްވިގެންވުމަކީ، އިލާހީ ގުދުރަތީ ގާނޫނު ކަމަށާއި، އެއީ ފަހަރެއްގައިވެސް، އެއް ބާވަތެއްގެ މާ ހާއްސަ ކަމެއް ހުރެފައި، އަނެއް ބާވަތުގެ މާ ދެރަވެ، ނިކަމެތި ވުމެއް ނޫން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އިންސާނުންނަށް ބަލާލުމުން، އިންސާނުންގެ ތެރޭގައިވެސް، އެކި ކަހަލަ ގާބިލުކަން، އެކި މީހުންނަށް، އެކި ގޮތަށް، އެކި ވަރަށް ހުންނަ ކަމަށެވެ. އެގޮތުން، ބައެއް މީހުންނަކީ، ދޫފަސޭހަ ވާހަކަ ދެއްކުންތެރިންކަމަށާއި، ބައެއް މީހުންނަކީ، ކުޅަދާނަ ލިޔުންތެރިންކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، ބައެއް މީހުންނަކީ، ޖިސްމާނީ އަދި ނަފްސާނީ ހާލަތްތަކުގައި ބައެއް ތަފާތުތައް ހުންނަ މީހުން ކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އެންމެންވެސް ފުންކޮށް ވިސްނާލުމުން ފެނިގެންދަނީ، އާއްމުކޮށް، ނުކުޅެދުންތެރި، އުނި ސިފަތަކެއް ކަމަށް ހީވާ، ބައެއް ސިފަތަށް ހުންނަ، ބައެއް މީހުން، ދުނިޔެއަށާއި، އެ މީހެއް ނިސްބަތްވާ ގައުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: