ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރު ދުވަހުގެ މުނާސަބަތުގައި “ވިކްޓްރީ ރަން” ބާއްވައިފި

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނެށަނަލް ޑިފެންސް ފޯސްއިން ބޭއްވި ދުވުން - (ފޮޓޯ:އެމްއެންޑީއެފް)
ޝެއާރކޮށްލާ ކަހަލަދޯ؟

31 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު މާލެ ވަށާ ދުވުމެއް ބާއްވައިފި އެވެ.

މާލޭގެ މަގުމަތީ މިއަދު ހެނދުނު “ވިކްޓްރީ ރަން” ގެ ނަމުގައި ކުރިއަށްގެންދިޔަ ދުވުން ފަށާފައި ވަނީ ހެނދުނު 6 ޖެހިއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކަޅުތުއްކަލާކޮށިން ފެށިގެން ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ގޮސް މާލެ ވަށާ ބުރެއް ޖެހުމަށްފަހު ކަޅުތުއްކަލާކޮށްޓައް ނިންމާފައިވެއެވެ.

މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފްގެ އިތުރުން އެތައް ބައިވަރު ސިފައިންނެއް ބައިވެރިވެލެެއްވިއެވެ.

މިއަދުގެ “ވިކްޓްރީ ރަން”އަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

” އަޅުގަނޑުމެން ޓްރެއިންގްއާއި ޕީސް ޓައިމްގާ މިކުރާ މަސައްކަތުން މި އޮހޮރުވާ ދަލަކީ އޮޕަރޭޝަނަލް ހާލަތެއްގައި އަޅުގަންޑުމެންނަށް ސަލާމަތް ކުރެވޭ ލޭތިއްކެކޭ.”

 މާލޭގެ އިތުރުންް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  “ވިކްޓްރީ ރަން” އެމްއެންޑީއެފް ނޮދަން އޭރިޔާ އާއި އެމްއެންޑީއެފް ސަދަން އޭރިޔާގައި ވެސް މިއަދު ހެނދުނު ބާއްވާފައިވެއެވެ.

https://twitter.com/CDFofMNDF/status/1190503214291898368

އަސްކަރިއްޔާތަކުގައި “ވިކްޓްރީ ރަން” އަކީ ކާމިޔާބީތައް ފާހަގަކުރުމަޝާއި އަސްކަރިއްޔާގެ ސަފްތަކުގު ދެމެދު އޮންނަ ގުޅުން ދައްކައިދިނުމަށާއި ޤައުމީ ރޫހާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށެވެ. އަދި ހާއްސަކޮށް، މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމަށްޓަކައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: