ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫން ގެއްލޭ މައްސަލައެއް ބަލަނީ

ވިލި މާލެ ޕޮލިސް ސްޓޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ގެއްލިފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލަ ފާހަގަކުރެވިފައި ވަނީ ދެ ހާދިސާއަކާ ގުޅިގެންނެވެ. ފުލުހުން ބުނެފައި ވަނީ މިކަމާ ގުޅޭ ޖިނާއީ ތަހުގީގެއްގެ އިތުރުން އިދާރީ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށެވެ.

ފުރަތަމަ މައްސަލަ ފާހަގަކުރެވުނީ މި މަހުގެ 12 ވަނަ ދުވަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ކަސްޓަމްސްއާ ހަވާލުކުރަން އުޅުނު އިރުގަ އެވެ. ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ހިފެހެއްޓި 32 ކާޓޫނުގެ ތެރެއިން 6 ކާޓޫން މަދުކަން ފުލުހުންނަށް އެނގުނެވެ.

މީގެ އިތުރުން، ފުލުހުންނަށް ދެން ފާހަގަކުރެވުނު މައްސަލައަކީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ހިފެހެއްޓި ކާޓޫންތަކުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ކާޓޫން މަދުކަމެވެ. އެގޮތުން، އެ މައްސަލައިގައި ގެއްލިފައި ވަނީ 31 ކާޓޫން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ގެއްލިފައިވާ މި ދެ މައްސަލައަކީ ވެސް ސީރިއަސް މައްސަލަތަކެއް ކަމަށް ދެކި، މި ދެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން މިކަމާ ގުޅޭ އިދާރީ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: