ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ގާޒީ ހައިލަމްއަށް: ޗޭނުޖަހާ މަންޒަރާއެކު ފަނޑިޔާރަކު ނިކުންނަން ނިޒާމު ޖާގަނުދޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު، އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްގެ ކަރުގައި ޗޭނުޖަހާ މަންޒަރާއެކު ފަނޑިޔާރަކު ނިކުންނަން ރާއްޖޭގެ ނިޒާމު ޖާގަނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވާ މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު ޖަހަން ފަނޑިޔާރަކު ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ވެސް މުހިއްމު ނޫން ކަމަށާއި ކޮންމެ މީހަކާ މެދުވެސް ކަންކަން ކުރައްވަން ޖެހޭނީ ހަމަހަމަކަމާއެކު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ހައިލަމްގެ ތަހުނިޔާގެ މި މެސެޖު ލީކުވެފައިވާއިރު މާދަމާއަކީ މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުން އޮންނަ ދުވަހެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ.

ގާޒީ ހައިލަމްގެ މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތަހުގީގު ކުރަން މިއަދު ވަނީ ނިންމައިފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: