ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން އުވާލައިފި، ދަރަނި އަދާކުރަން 45 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓް ވޯކް އެމްޑީއެން އުވާލައިފިއެވެ.

ޔޫތް މިނިސްޓްރީއިން ނެރުނު ބަޔާނެއްނެއްގައި ބުނެފައިވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނާއި ޚިލާފަ ވާހަކަތަކެއް ހުރިކަމަށާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ޖަމިއްޔާ މިދިޔަ މަހުގެ 10 ވަނަ ދުވަހު  ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި އަދި މިނޫންވެސް ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ރިޕޯޓުގައި އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފަ ވާހަކަތަކެއް ހުރިކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.

އެހެން ކަމުން ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޙަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މޯލްޑީވިއަން ޑިމޮކްރަސީ ނެޓްވޯކް ރަޖިސްޓްރީ ބާތިލްކުރަން ނިންމާ އެކަން އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށެވެ.

https://twitter.com/AhmedMahloof/status/1191603512225882113

ޖަމިއްޔާ އުވާލުމަށްޓަކައި އެޖަމިއްޔާގެ ދަރަންޏާ މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވުމާއެކު މި މަހު ކުރީ ކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ފިޔަވަޅު ނޭޅި ލަސްވަމުން ދިޔުމާ ގުޅިގެން އެ މައްސަލާގައި ރާއްޖޭގެ ގިނަ ރަށްތަކާއި މާލޭގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގިނަ ކައުންސިލްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.

އެމްޑީއެން މައްސަލާގައި ގިނަ ބަޔަކު ގޮވާލަމުން އަންނަނީ އެ ޖަމިއްޔާ އުވާލުމަށާއި ޖަމިއްޔާގެ އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ.

ޖަމިއްޔާ އުވާލާފައިވައިރު އެ ޖަމިއްޔާގެ އިސް ފަރާތްތަކާ މެދު ފިޔަވަޅެއް ނާޅަ އެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ނޯޓިސް ދީފައެވެ. އެ ދެ މީހުން ވެސް މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ތިބި އިރު ފުލުހައް ހާޒިރުވުމަށް އަޒްރާ ވަނީ އިންކާރުކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: