ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕަރޓްނަރ މެގަޗިޕްއާ ގުޅިގެން އޭލިއަންވެއަރ ގޭމިންގ ބަންޑްލްއެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި އިނާމު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބިގެންދާނެއެވެ. ގޭމް ކުޅުންތެރިންނަށް ހާއްސަ މި އަގުހުރި އޭލިއަންވެއަރ ބަންޑްލްގެ ތެރޭގައި އޭލިއަންވެއަރ 34 އިންޗީގެ ގޭމިންގ މޮނިޓަރއެއް، އޭޑަބްލިއު ވަޔަރޑް ގޭމިންގ ހެޑްސެޓެއް، އަދި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔަރލެސް ގޭމިންގ މައުސްއެއް ވަނީ ހިމަނައިފައެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:
- mv އަށް ސައިން-އަޕް ކުރުން
- @dhiraagu.gg އަދި @megachipelectronics (މެގަޗިޕްއިލެކްޓްރޯނިކްސް) ފޮލޯ ކުރުން
- 3. ގިވްއަވޭގެ ސޯޝަލް މީޑީއާ ޕޯސްޓް ޝެއާކުރުން
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު 31 ޑިސެންބަރު 2025ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.

