ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް އިން ބަދަލު ހޯދަން ނުދާ ފަރާތްތަކަށް ފަހު ފުރުސަތު ދީފި

ސީލައިފް އިން ފުލެޓް ގަތުމަށް ފައިސާ ދެއްކި މީހުން ކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފް ކުންފުނިން ފްލެޓް ގަތް ފަރާތްތައް އެޗްޑީސީން ބަދަލު ދިނުމަށް ނިންމާފައިވާއިރު، ފްލެޓް ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅައި ތިބި ފަރާތްތަކަށް، އެ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއަށް ހިއްސާ ކުރުމަށް މުހުލަތެއް ދީފި އެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުނެފައި މި ފަހަރު ހުށަނާޅައިފި ނަމަ، ބަދަލު ނުލިބޭނެ ކަމަށެވެ. 203 ފަރާތަކާ އެކު ސަރުކާރާއި އެޗްޑީސީން ވީ ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް އެ މީހުންނަށް ފައިސާ ދޭން އެޗްޑީސީ އިން ނިންމި އެވެ. އަދި ދައުވާ ނުކުރާ ފަރާތްތަކަށް ވެސް ބަދަލު ދޭން ނިންމައި، އެކަމަށް ހުށަހަޅަން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީ އިން ހުޅުވާލި އެވެ.

އެ ކުންފުނިިން ބުނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ބަދަލު ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ހޯދަން ހުށަހަޅާ އިރު ސީލައިފް އިން ފްލެޓް ގަންނަން ވީ އެއްބަސްވުމާއި، ފްލެޓް ގަންނަން ފައިސާ ދެއްކި ލިޔުމާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓު (ގާތްގަނޑަކަށް 600،000ރ. ވަރު) ވެސް ނަގާފައި ވެ އެވެ. ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: