ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ ލިބުނު ރައްޔިތުންނާއި ޙާއްސަކޮށް އެމްޑީޕީ މެމްބަރުންނަށް ބަދަލު ދޭންޖެހޭ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް: ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޤާލީ އިންސާފު ޤާއިމުކުރާނަމަ ތަހުގީގު ފަށަން ޖެހޭނީ ދެވަނަ ޖުމްހޫރިއްޔާގެ ފެށުމާއި ހަމައިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19ގެ އެއް ބިލް ކަމަށްވާ އިންތިގާލީ އިންސާފް ޤާއިމް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުރިއަށްދިޔަ ބަހުސްކުރުމުގެ މަރުހަލާގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ވަކިން ހާއްސަކޮށް މީހުންގެ ހައްގުތަކަށް އަރައިގަނެ، ސީދާ މީސްމީހުންނަށް އަނިޔާދެވި، އަދަބުދެވި ހައްޔަރު ކުރެވުނީ 2012 ވަނަ އަހަރުން ފެށިގެން އެކަނި ނޫން ކަމަށެވެ. ރާއްޖޭގެ ތާރީހުގައި އެކި ދުވަސްވަރު އެކި މިންވަރަށް ސިޔާސީ ސަބަބުތަކަށްޓަކައި އެކިވަރުގެ ދުއްތުރާލާއި އަނިޔާއާއި ގޯނާ، ރައްޔިތުނަށް ކުރެވިދިޔަކަމަށްވެސް މެންބަރު އަސްލަމް ވިދާޅުވިއެވެ.

މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެތަކެއް ރައްޔިތުންގެ ހަލާލު މުދާ ސަރުކާރަށް ނަގާ އެކި ގޮތްތަށް ބަހާ،ވިއްކާ ހަދާފައިވާކަން ފާހަގަކުރައްވާ، މެންބަރު އަސްލަމް ވިދާޅުވީ، ރަނގަޅު އިންތިގާލީ އިންސާފެއް ޤައިމްކުރަން ބޭނުންވާ ނަމަ ފައްޓަންވީ 2012 ވަނަ އަހަރުން ފެށިގެން ނޫން ކަމަށާއި އެކަން ބަލާ ތަޙްޤީޤް ކުރަންވީ ދެވަނަ ޖުމްހޫރިއްޔާއާއި ހިސާބުން ކަމަށެވެ.

އަދި މިފަދަ ކަންކަން ބެލުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕާޓީތައް އުފެދިގެން އައިސް އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ފުރޮޅާލި ހިސާބުން އެތައް ބަޔަކަށް އެތައް ދުއްތުރާތަކެއް ވެގެންދިޔައިރު އޭގެ ތެރޭގައި ވަކިން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާ ކުރެވި، ޖަލަށްލައި، ޖަލުގައި މަރުވެދިޔަ މީހުންގެ އިތުރުން އެތައް ބައެއްގެ މުދާ ފޭރިގެންފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މިކަންކަން ބަލައި ބަދަލުދޭން ޖެހޭކަމަށެވެ. އަދި އިންސާނީ ހައްގަށް އަރައިގެންފައިވާ ކަންކަން ނުބަލާ ލޯ މަރާލައިގެން ނިންމާލެވެން ނެތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އިންސާފް ޤާއިމް ކުރެވެން އޮތް ވަރަކަށް އިންސާފް ޤާއިމްކޮށްދޭންޖެހޭކަމަށާއި އިންތިގާލީ އިންސާފު ޤާއިމު ކުރުމުގު ޤާނޫނުގެ ބޭނުމަކީ އެއީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފް ޤާއިމް ކުރުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ އަސްލަމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: