ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނެ- މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ މަޖިލީހަށް ހާޒިރުވެވެޑައިގެން.... ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުންގެ މުސާރައަށް އަންނަ އަހަރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ މުސާރައާއި ގުޅޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު އަބްދުﷲ އެޑިއުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މުދައްރުސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ.

އެގޮތުން އިންސާފުވެރިގޮތަކަށް އޮނިގަނޑުތައް އެކުލަވާލުމަށްފަހު ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ. މަސައްކަތްތަށް ނިމިގެން ދާއިރު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މުދައްރިސުންނަށް ދޭ މުސާރައަކީ ރަނގަޅު މުސާރައެއްނޫން. ދުވާލެއްގެ މައްޗަށް މުދައްރިސުން 9 ގަޑިއިރާއި 12 ގަޑިއިރު މަސައްކަތް ކުރޭ. އަދި ގެއަށް އައިސްވެސް އަނެއްދުވަހަށްކުރަންހުރި މަސައްކަތްތައް ރާވާ. އަދި ރޭނގަޑު ގަޑީގައި އަނެއްކާ ސްކޫލަށް އާދޭ އިތުރު ހަރާކަތްތަކަށް. ކިޔަވައިދިނުމުގެ އިތުރުން އިދާރީ ގިނަ މަސައްކަތްތަކެއް މުދައްރިސުން ކުރޭ. އޭގެ އިތުރަށް ބެލެނިވެރިންނާއި އަދި ސްކޫލުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެހާ ވަރަށް ޕްރެޝަރ އަންނާނެ. މިހުރިހާ ކަމަކަށް ބަލާފައި މުދައްރިސުންނަށް ދެވެނީ އެކަށީގެންވާ މުސާރައެއް ނޫން. އިނާޔަތްތަކާއި މުސާރަ ރަނގަޅު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް. 2020 ވަނަ އަހަރު އެކަން ނިމިގެން ދާނެ“

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އިތުރުން ޕްރިންސިޕަލްގެ މުސާރަ އާއި އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޕޭ ކޮމިޝަނާއި މައުލޫމާތު ހިއްސާ ކުރެވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދާއިރާއަށް އަލަށް ވަންނަ މީހުންގެ އަދަދު މަދު ވާ މައިގަނޑު  އެއް ސަބަބަކީ މުސާރަ ކުޑަވުން ކަމަށެވެ. މުސާރައިގެ އިތުރުން މުދައްރިސުން މަސައްކަތް ކުރާ މާޙައުލަކީ އެކަށީގެންވާ މާޙައުލެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ރަށްރަށުގެ ސްކޫލްތަކުގައި ޓީޗަރުން އުޅުއްވަނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވިއެވެ.

”ރަށްރަށުގައި ވަރަށް ހާލުގައި ޓީޗަރުން އުޅުއްވަނީ. ސްޓާފްރޫމް ވަރަށް ކުޑަވެފައި މޭޒެއްގައި ގާތްގަނޑަކަށް 2 ނޫނީ 4 ޓީޗަރުން ތިއްބަވަން އެބަޖެހޭ. ޓީޗަރުންނަށ ްމަސައްކަތް ކުރަން ފަސޭހަ މާޙައުލެއް ޤާއިމް ކުރުމަށް މި ދަނީ މަސައްކަތް ކުރަމުން“

އޭގެ އިތުރުން މުދައްރިސުންގެ ގަދަރު ކުރިއާ ބަލާފައި މިހާރު ދައްވެގެން ދާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން މުދައްރިސުންނަކީ ވަރަށް ޤަދަރުވެރި ބައެއް ނަމަވެސް މިޙާރު މުދައްރިސުންގެ ވަޒީފާއަކީ ޤަދަރުވެރި ވަޒީފާއެއްނޫން ގޮތުގައި މީހުން ދެކޭ ކަަމަށެވެ.

މުދައްރިސުންނަށް އޮތް ޤަދަރު މިހާރުގެ ކުދިންނަށް އަންގައިދިނުމަށް މިއަހަރުގެ މުދައްރިސުންގެ ދުވަހު ކުރީގެ ޤަދަރުވެރި ޓީޗަރުން އެކި ސްކޫލްތަކަށް ފޮނުއްވާ ކުދިންނާއި އެކު ވަގުތު ހޭދަކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުދައްރިސުންގެ ގަދަރު ދަރިވަރުންގެ މެދުގައި އިތުރު ކުރުމަށް ވެސް މިހާރު ހާއްސަ ޕްރޮގްރާމެއް ވެސް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރިން މުވަޒަފުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8.2 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި މުވަޒަފުންގެ ޚަރަށް 8.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ މުޅި ބަޖެޓުގެ ޖުމްލަ 23.2 އިންސައްތައެވެ. ރާއްޖޭގައި އެންމެ ބޮޑު ޚަރަދެއް ކުރަނީ ތަޢުލީމީ ދާއިރާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: