ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމާދުކުރާކަށް ވަކި ތަނެއް ހުންނާކަށް ނުޖެހޭ- މިނިސްޓަރ

މިނިސްޓަރ ޑރ.އައިޝަތު އަލީ މަޖިލީހުގައި ވާހަކަދައްކަވަނީ.... ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގައި ނަމާދުކުރަން ވަކި ތަނެއް ހުންނަން ނުޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައާއި ގުޅިގެން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އައިޝަތު އަލީ ހާޒިރުވެފައިވާއިރު ، ސްކޫލްތަކުގައި ނަމާދުގެ ނުހުންނަނީ ކީއްވެގެންތޯ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ނަމާދުކުރަން ވަކިތަނެއް ހުންނަންޖެހެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

” ނަމާދުކުރާކައް އަސްލު ހަޤީޤަތުގައި އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަކި ތަނެއް ހުންނާކަށް ނުޖެހޭ. ކުދިން ސްކޫލް ހޯލްގައާއި ކޮމްޕައުންޑްގައާއި ކްލާސްރޫމްގައި ނަމާދުކުރަމުން އަންނަނީ ބައެއް ސްކޫލްތަކުގައި ޖަމާއަތުގައިވެސް ނަމާދަށް އަރާ ސްކޫލުތައް އެބަހުރި. އަޅުގަނޑުމެންނަށް ބަޖެޓު ލިބެމުންދާ ވަރަކަށް ނަމާދުގެތައް އަޅަމުންމިދަނީ. އަދި ކައުންސިލްތަކުންނާއި މަޖިލިސް މެންބަރުން ސްކޫލްތަކުގައި ނަމާދުކުރާތަންތަން ހަދައިދެމުން އެބަގެންދޭ”

މިނިސްޓަރގެ ޖަވާބާއި އެކު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެބޭފުޅާ ސްކޫލު ދައުރުގައި އުޅުއްވި އިރު ދަސްކޮށްދިނީ ޖަމާޢަތަށް މިސްކިތަށް ނަމާދައް އެރުމަށްކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން މާލޭގެ ގިނަ ސްކޫލްތަކެއްގައި ނަމާދުކުރާނެ ޖާގަ ވަކިން ހަދާފައިވާއިރު ކޮންމެ ހަފްތާއަކު ޖަމާއަތުގައި ސްކޫލްގެ ހުރިހާ ދަރިވަރުން ނަމާދުކުރުމަކީ ވެސް ކުރަމުން އައި ކަމެކެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ދީނީ ތަރުބިއްޔަތުދީ އުނގަންނައިދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މުޤައްރިރުގެ ތެރެއިން ފާހަގަވާ ކަންކަން ސަމާލުކަމަށް ގެނެސްގެން މުޤައްރަރު އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި މިއަހަރުގެ ފުރަތަމަކޮޅު ސިމްޕޯޒިއަމްއެއް ބާއްވާފައިވާކަމަށް ސިމްޕޯޒިއަމްއިން ފެނުނު ކަންކަމަަށް ރިއާޔަތްކޮށް މުޤައްރިރުތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: