ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ތެރޭގައި، 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އަންގައިފި

އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 190,674,529.01 (ސަތޭކަނުވަދިހަ މިލިއަން ހަލައްކަ ހަތްދިހަހަތަރުހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ އެއް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާއިރު، އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ، ޖުމްލަ 1,852,713.97 (އެއް މިލިއަން އަށް ލައްކަ ފަންސާސް ދެ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ހަތް ލާރި) އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އޭ.ސީ.ސީން ތަޙްޤީޤްކޮށް ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. އަދި އޭސީސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 78,763.33 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) 2019ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: