ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާގެ ފިރިކަލުން މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމުން ދުރުކޮށްދެއްވާ- ޖާބިރު

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް.... ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމުން ދުރުކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

މެންބަރު ޖާބިރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ފޮނުވި ސިޓީގައި ވިދާޅުވީ މަޖިލީހުހެ ކޮމިޓީއެއް ނަގައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ހަމަޖައްސަވައިދެއްވުމަށް އެދި މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަޙުޤީޤު ކުރަން ސަރުކާރުން ކޮމިޝަނެއް އުފައްދައިގެން އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ނުބަލަން ނިންމެވިއިރު ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި އޭރު މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުޙައްމަދު ސޯލިހުއާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހިމެނޭ ކަމަށެވެ. މި ދެބޭފުޅުންގެ މައްސަލަ ކޮރަޕްޝަންގެ މައްސަލަަ ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ބެލޭނެ ގޮތް ހައްދަވައިދެއްވުމަށް ވަނީ އެދިފައެވެ.

މެންބަރު ރޮޒެއިނާގެ މައްޗަށް ހިޔާނާތުގެ މައްސަލަ ތުޙުމަތުކުރެވިފައިވާއިރު ރޮޒެއިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު، މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކަށް އިންނެވުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެން ކަމުން އޭނާ މާލިއްޔަތު ކޮމިތީގެ މުޤައްރިރުކަމުގައި ނުއިނދެވޭނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް މަޖިލީހުގެ ރިޔާސަތުގައި ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: