ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމްއަށް އަލްހާން ދެލައްކަ ރުފިޔާ ދިން މައްސަލަ ޖޭއެސްސީން ތަހުގީގުކުރަނީ

އިސްގާޟީ ހައިލަމް އަދި އަލްޙާން : ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ދެލައްކަ ރުފިޔާ ދިން މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނިންމައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީން ބުނީ، ކުްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019ވަނަ ދުވަހު 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން 05 ނޮވެމްބަރު 2019ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކޮމިޝަންގެ 79ވަނަ ބައްދަލުވުމުން ވަނީ އެ މައްސަލައަކީ ފަނޑިޔާރަކާއި ގުޅޭ ސީރިއަސް މައްސަލައެއްކަމަށްވާތީވެ، އެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައެވެ.

އަދި މި މައްްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެންގި އެންގުމަށް ފުލުހުންގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ ލަސްވިކަމަށް ޤަބޫލުކޮށް ފުލުހުންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނަސް ހުށަހެޅުމަށްވެސް ބުދަ ދުވަހު ކޮމިޝަނުން ވަނީ ނިންމާފައެވެ. 19 މެއި 2019ގައި ހިނގި ޓްރާންސެކްޝަންގެ ގެ މައުލޫމާތު އެމްއެމްއޭގެ ފަރާތުން ވަނީ 25 ޖުލައި 2019ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައެވެ. މި ފަދަ ވާހަކައެއް ފުރަތަމަ ފެންމަތިވީ އަންގާރަ ދުވަހުގައި އޮތް މަޖލީހުގެ ޖަލްސާއިންނެވެ.

މި މައްސަލައިގައި އަލްހާން ފަހުމީއަށް ގުޅާލުމުން ވިދާޅުވީ، މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނޭކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޟީ ހައިލަމް މިވަގުތު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްފައެވެ. އެއީ ނަސްރުގެ ދުވަހާއި ގުޅުވައިގެން ވައިބަރ ގުރޫޕަކަށް ހައިލަމް ފޮނުވި ތަސްވީރެއްގައި ރައީސް ޞާލިހާއި ރައީސް ނަޝިދުގެ ކަރުގައި ޗޭނު ޖަހާފައިވާ މަންޒަރެއް ސިފަވާތީވެ އެ މައްސަލަ ތަހުގީގުކުރުމަށް ޖޭއެސްސީން ނިންމައި ތަހުގީގަށް ހާޟިރުވުމަށް ހައިލަމް އުޒުރުވެރިވުމުންނެވެ.

ފޮޓޯ ފޮނުވި މައްސަލައިގައި ހައިލަމް ވަނީ އެ ފޮޓޯ ފޮނުވިއިރު އެ ފަދަ މަންޒަރެއް ސިފަނުވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރެފައެވެ. އަދި އެ ކަމާއި ގުޅިގެން ހައިލަމް ވަނީ ރައީސް ޞާލިހާއި، ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިނބައިން މަޢާފަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: