ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމްއަށް ދެލައްކަ ރުފިޔާ ދިނިން، އަދިވެސް ދޭނަން: އަލްހާން

އިސްގާޟީ ހައިލަމް އަދި އަލްޙާން : ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމަށް ދެލައްކަ ރުފިޔާ ދިންކަމަށާއި އަދި ކުރިޔަށް އޮތްނަުގައިވެސް ދޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު، ރައީސް ނަޝީދު އަދި ސީޕީ ހަމީދު ޓެގް ކުރައްވާ އަލްޙާން މިހެން ވިދާޅުވެފައިވަނީ އޭނާ ހައިލަމަށް ދެލައްކަ ރުފިޔާ ދިން މައްސަލައެއް ތަހުގީގުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމެވުމާއި ގުޅިގެންނެވެ. ޖޭއެސްސީގެ ނޯޓު ރީޓްވީޓް ކުރައްވަމުން އަލްހާން ވިދާޅުވެފައިވަނީ “ދިނިއްޔާ ކީއްކުރެވޭނީ؟” މިހެނެްނެވެ. މި މައްސަލައިގައި އިތުރަށް އެއްވެސް އެއްޗެއް އަލްހާން ވިދާޅެއް ނުވެއެވެ.

އަލްހާންކުރައްވާފައިވާ ޓްވީޓް

އިސްގާޟީ ހައިލަމަށް އަލްހާން ދެލައްކަ ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީން ނިންމާފައިވަނީ ބޮދަ ދުވަހުގެ ވަގުތެއްގައެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީން ބުނީ، ކުްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019ވަނަ ދުވަހު 200،000 ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން 05 ނޮވެމްބަރު 2019ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކޮމިޝަންގެ 79ވަނަ ބައްދަލުވުމުން ވަނީ އެ މައްސަލައަކީ ފަނޑިޔާރަކާއި ގުޅޭ ސީރިއަސް މައްސަލައެއްކަމަށްވާތީވެ، އެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައެވެ.

މި މައްސަލައިގައި މީގެ ކުރިން އަލްހާން ވިދާޅުވީ، މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނޭކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޟީ ހައިލަމް މިވަގުތު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްފައެވެ. އެއީ ނަސްރުގެ ދުވަހާއި ގުޅުވައިގެން ވައިބަރ ގުރޫޕަކަށް ހައިލަމް ފޮނުވި ތަސްވީރެއްގައި ރައީސް ޞާލިހާއި ރައީސް ނަޝިދުގެ ކަރުގައި ޗޭނު ޖަހާފައިވާ މަންޒަރެއް ސިފަވާތީވެ އެ މައްސަލަ ތަހުގީގުކުރުމަށް ޖޭއެސްސީން ނިންމައި ތަހުގީގަށް ހާޟިރުވުމަށް ހައިލަމް އުޒުރުވެރިވުމުންނެވެ.

ފޮޓޯ ފޮނުވި މައްސަލައިގައި ހައިލަމް ވަނީ އެ ފޮޓޯ ފޮނުވިއިރު އެ ފަދަ މަންޒަރެއް ސިފަނުވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރެފައެވެ. އަދި އެ ކަމާއި ގުޅިގެން ހައިލަމް ވަނީ ރައީސް ޞާލިހާއި، ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިނބައިން މަޢާފަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: