ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ މައްޗަށް އާ ހަތް ދައުވާއެއް، މާދަމާ ޝަރީއަތްތައް ފަށަނީ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު . ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ހިންގި ތަހުގީގަށް ފަހު އާ ހަތް ދައުވާއެއް އަދީބުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެގޮތުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއް އަދީބުގެ މައްޗަށް ދައުލަތުން ކުރެ އެވެ. މި ދައުވާތަށް ކުރަން ފޮނުވާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެތެރޭގައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކާއި އިތުރު ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވާފައިވާ ހުކުމްތައް، ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ޚިޔާނާތުގެ މައްސަލާގައި އަދީބަށް އިއްވި 8 އަހަރުގެ ޖަލު ހުކުމް ބާތިލްކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އަދީބުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީޢަތްތައް ފެށޭނީ މާދަމާ 14:00ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: