ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޯޓުތައް ހިންގުމަށް ހުރަހެއް ނާޅަން، ބަދަލު ގެންނަނީ ގާނޫނުގެ ތެރެއިން”

ޑީޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެތެރެއިން: ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ނެތް ބާރެއް ބޭނުންކޮށްގެން ކޯޓުތަކުގެ އިދާރީ ނިޒާމް ޕެރެލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން ކުރާ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ވިދާޅުވުން ޑީޖޭއޭއިން ދޮގުކޮށްފިއެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަށް ގެނައި އިސްލާހާއެކު، މިނިވަންކަމާއެކު ކޯޓުތަކަށް ހިންގުމަށްޓަކައި ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް އިތުރުވަމުންދާ ޝަރުއީ ކޭސްލޯޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮ ގޮތުގައި މެނޭޖްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި، އަވަސްކަމާއި ހަލުވިކަމާއެކު ރައްޔިތުންނަށް އަދުލްއިންސާފު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމަށްޓަކައި އިދާރީ އިސް މުވައްޒަފުންގެ ގޮތުގައި މުވައްޒަފުން ހަމަޖައްސައި ޝަރީއަތްތައް ހިންގުމުގައި ފަނޑިޔާރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމަށް ގޮތް ކިޔައި ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ވިދާޅުވުންވެސް ޑީޖޭއޭއިން ވަނީ ދޮގުކޮށްފައެވެ.

ޑީޖޭއޭގެ އަމާޒަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކޯޓުތަކުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކޯޓުތަކުގެ އިދާރީ ހިންގުން އެއް ގޮތްކޮށް ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހަލުވިކަމާއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: