ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިރައިޒްގެ އެފްއެންބީ ޝޯ އަންނަ ޖެނުއަރީ މަހު ބާއްވަނީ!

ހައި ރައިޒުން އިންތިޒާމް ކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖު ޝޯ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ފުޑް އެންޑު ބެވެރަޖް ޝޯ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފުޑް އެންޑު ބެވެރެޖް ޝޯއާއި ގުޅޭ މައުލޫމާތު ދެއްވަމުން، ”ސަންގުޓީވީ“ގެ ފުރަމެންދުރު ޕްރޮގުރާމުގައި، ހައިރައިސްގެ ސޭލްސް އެންޑު މާކެޓިންގ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ، ފުޑް އެންޑު ބެވެރަޖް ޝޯއަކީ، ހައިރައިސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ލޯކަލް ތިން އިވެންޓުގެ ތެރެއިން، އެންމެ ފުރަތަމަ އޮންނަ އިވެންޓު ކަމަށެވެ.

ހަސަން ވިދާޅުވީ، ކޮންމެ އަހަރެކޭވެސް އެއްފަދައިން، މި އަހަރުގެ ދެން އަންނަ އެޑިޝަން ހާއްސަކޮށްފައިވަނީ، ރޯދަ މަހުގެ ކުރިއަށް ބާއްވަން ކަމަށެވެ. އެގޮތުން، އެފްއެންބީގެ 9 ވަނަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، 2026 ޖެނަވަރީ 21 އިން، އެ މަހުގެ 24 ގެ ނިޔަކަށް ކަމަށެވެ.

ހަސަން ވިދާޅުވީ، އެފްއެންބީ ޝޯއަކީ، ފުޑް އެންޑު ބެވެރެޖަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެކްހިބިޝަނެއް ކަމަށެވެ. އެގޮތުން މި ޝޯގައި، ކާބޯތަކެއްޗާއި ގުޅުން ހުރި ހިދުމަތްތަކާއި، ތަކެތި ފެނިގެން ދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެއިތުރުން، ހައިރައިސުން، މީގެ ކުރިން ބޭއްވި ފުޑް އެންޑު ބެވެރެޖް ޝޯތަތަކުގެ އެކްސްހިބިޝަން ޕޯޓްފޯލިއޯއިން އެންމެ ގިނައިން ފެނިގެން ދިޔައީ، ރީޓެއިލަރުންނާއި، ހޯލްސޭލަރުން ކަމަށާއި، އަންނަ އަހަރުގައި ބާއްވަން ހަމަޖެހިފައިވާ އެފްއެންބީ ޝޯގައިވެސް، އެ ޝޯއަށް ދާ ފަރާތްތަކަށް ކަމުދާ ތަފާތު އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މި ޝޯގައި ބައިވެރިވުމަށް، ހުރިހާ ކާބޯތަކެއްޗަށް ލޯބިކުރާ ފަރާތްތަކަށް ވަނީ ހުޅުވާލައިފައި ކަމަށެވެ. އަދި ވިޔަފާރިވެރިންނާއި މަސައްކަތުގެ ދާއިރާގައި އުޅުއްވާ އަދި ފުޑް އެންޑު ބެވެރަޖްގެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް، މި ޝޯއަށް ދައުވަތު އަރުވާ މަރުހަބާ ދަންނަވާ ކަމަށެވެ.

ހަމައެއާއިއެކު، މި ޝޯގެ ސްޕޮންސަރުތަކަށް ބަލާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ނެސްކެފޭ ކަމަށެވެ. އަދި، ކޯ-ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ، ސޯސަން ފިހާރައާއި މިއާމީ ޓްރޭޑަރސް ކަމަށް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: