ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާއަށް އެންމެ ފުރަތަމަ އެހީފޯރުކޮށްދިން އެއް ގައުމަކީ ރާއްޖެ: ސަފީރު

ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ތާރީހީ ގާތް ގުޅުމެއްކަމަށާއި، ސްރީލަންކާއިން އެހީއަށް އެދުމުން އެންމެ ފުރަތަމަ އިޖާބަދިން އެއް ގައުމަކީ ދިވެހިރާއްޖެކަމަށް ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯންގައި ވާހަކަ ދައްކަވަމުންނެވެ.

ސަފީރު ރިޒްވީ ހަސަން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ތާރީހީ ގާތް ގުޅުމެކެވެ. އަދި ވިދަޅުވީ ދެ ގައުމުގެ ގުޅުން ވަކިވެދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންވެސް އެކަކު އަނެކަކުގެ ގައުމަށް ދާއިރު ބަލަނީ ގާތްތިމާގެ މީހެއްގެ ނުވަތަ ރަޙްމަތްތެރިޔެއްގެ ގެއަށް ދާގޮތަށް ކަމުގައެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު 1965 ވަނަ އަހަރުގެ ޖުލައި މަހު ކޮލަމްބޯގައި، ދިވެހިރާއްޖެ ބަލައިގަތް ފުރަތަމަ ގައުމަކީ ސްރީލަންކާ ކަމަށް ސަފީރު ވިދާޅުވިއެވެ. އެއަށްފަހު ސްރީލަންކާގައި ދިވެހިރާއްޖޭގެ ހައި ކޮމިޝަން ގާއިމުކުރެވުނުކަން ވެސް ފާހަގަކުރެއްވިއެވެ. މިކަންކަމުން ދައްކައިދެނީ ދެ ޤައުމުގެ ތާރީހީހީ އަދި ޒަމާންވީ ގުޅުންކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ސްރީލަންކާއަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައިވެސް ދިވެހިރާއްޖެެއަށް އެކި ގޮތްގޮތުން އެހީތެރިވެ، އެކުގައި ދެމި އޮތެވެ.

ސަފީރު ވިދާޅުވީ ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، ގިނަ ބަޔަކު ހާލުގައި ޖެހިފައިވާކަމަށެވެ. އަދި ހާލަތު ގޯސްވެފައިވާ ސަރަހައްދުތަކުން، މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށް ވިދާޅުވި އެވެ.

ދިވެހިންގެ ފަރާތުން ލަންކާއަށް ދެމުންދާ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު އަދާކޮށް، ސަފީރު ވަނީ ދިވެހި ސަރުކާރުން މިކަމުގައި އިސްނަންގަވައި ދެއްވި އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

ލަންކާއިން ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަމެއް ދީ، އެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަފީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: