”ސިލޯނާއެކު ދިވެހިން“ ތެލެތޯންއަށް މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން އެއްލަކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން، ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ތެލެތޯން މިރޭ ދަންވަރު 1:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
ޓެލެތޯން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ޓީވީ ބިލްޑިންއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތަކަށް ވެސް ވަނީ ބަހައްޓާފަ އެވެ.
ޓެލެތޯނަށް ލިބޭ ފައިސާގެ އެހީގެ ކަންކަން ބެލެހެއްޓުމަށް މިނިވަން އޮޑިޓްފާމެއްކަމަށްވާ ”ކްރޯ މޯލްޑިވްސް“ އާއެކު އެއްބަސްވުމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ޓެލެތޯންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ފައިސާ ހަދިޔާކުރެއްވުމަށް
އެކައުންޓުގެ ނަން: Ceylon Aaeku Dhiveheen
MVR – 7730000796107
USD – 7730000796106

