ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލާގެ ޙަޔާތްޕުޅުން އިބްރަތް ލިބިގަނެ،ޞުލްޙަމަސަލަސްކަން ދަމަހައްޓަންޖެހޭ- އެމްއާރުއެމް

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް.... ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ރަސޫލާ محمّد رسول اللّه صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމް ވަރުގަދަ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވާ އެމްއާރުއެމްއިން ފޮނުވި މެސެޖްގައި ވަނީ ކީރިތި ރަސޫލާގެ މަތިވެރި ސީރަތްފުޅަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން އެކަލޭގެފާނުގެ އެންމެ ޚާއްސަ ސިފަފުޅަކީ، އޯގާތެރިކަމާއި އެންމެންނަށްވެސް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވާ ކަން ފާހަގަކުރިއެވެ.

“އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތެވެ. އެންމެންނަށް رحم ކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ބޭފުޅުންނަށާއި، ގާތްތިމާގެ ބޭފުޅުންނަށެވެ. أصحاب ބޭކަލުންނަށެވެ. ދެނެވަޑައިގަންނަވާ މީހުންނަށާއި ދެނެވަޑައިނުގަންނަވާ މީހުންނަށެވެ. އަދި އެއްވެސް މީހަކާމެދު ހިތްޕުޅު ނުބައެއް ނުކުރައްވައެވެ. އެއްވެސް މީހަކަށް ކުޑައިމިސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ.”

ރަސޫލާާގެ މީލާދުގެ އުފާ ފާޅުކުރަމުންދާއިރު، އެންމެ އިސްކަން ދޭންވީ، އެކަލޭގެފާނު ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުމަށް ކަމަށާއި ވަކިން ހާއްސަކޮށް އެންމެންނާމެދު އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުން ކަމަށެވެ.

ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރާނީ ބަރަކާތްތެރި ރަބީޢުލްއައްވަލް މަހުގެ ބާރަވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: