ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދެކަނބަލުން ސޯލޯ އާރޓް އެގްޒިބިޝަން، “އިމްޕަރމަނަންސް” ބައްލަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަޙްމަދު އާމިރުގެ ސޯލޯ އާރޓް އެގްޒިބިޝަން، “އިމްޕަރމަނަންސް” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

މިމަހުގެ 8 ން 12 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ  އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ހިމެނޭ މި މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅުގެ އިތުރުން ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: