ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް: ޑރ ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ، މި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޒަކާތުގެ ބިލަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ބިލެއްކަމަށް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ހުށައެޅުއްވި ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށްފައިވާތީ، ވަޒީރު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ބިލު ހުށައެޅެއްވުމަށް ދެއްވި މުހިންމުކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒަކާތުގެ މި ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަމަށާއި، ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން“ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދުމަކީ ވެސް ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަމެއްކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީއިން ފާހަގަކުރާގޮތުގައި ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އިރު، 2024 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބިގެންދިޔަ އަހަރެވެ.

މަޖިލީހުން ފާސް ކުރި ޒަކާތުގެ ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުމަކީ ވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.

ޒަކާތުގެ ބިލުގައި ބަޔާންކުރާ ގޮތުން، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ. މި ކައުންސިލްގައި ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.

އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވުޒާރާގެ ދަށުން ”މޯލްޑިވްސް ޒަކާތު ހައުސް“ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެންދާނެއެވެ. މި އިދާރާއަށް ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުލޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކުލަވާލައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ވެސް ވަނީ ހަވާލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: