ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 ވަނަ އަހަރުގެ އިގްތިސާދީ ތަސައްވުރު: ރާއްޖޭގެ އިގްތިސާދު 7.5 % ކުރިއަރާނެ

ފިނޭންސް މިނިސްޓަރ އަމީރު ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ އިގްތިސާދީ ތަސައްވުރަކީ ޖީޑީޕީ 4.5 އިންސައްތަ އިތުރުވުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައޔްިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު 7.5% ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުުން ރަސްމީ ރިޒާވް 819 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރާ ކަމަށާ، ބެލެންސް އޮފް ޕޭމެންޓްގެ ގޮތުގައި، ޑެފިސިޓް 1.2 ބިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ. އެއީ ޖީޑީޕީގެ ނޮސްބަތުން 19 ޕަސަންޓެވެ.

” އަޅުގަނޑުމެން ބޭނުންވަނީ ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް ޑިކްރީޒިން ޕާތެއްގައި ހުރުން. މިހާރު މި އަހަރު ގާތްގަނޑަކަށް ހުންނާނެ ކަމަށް ލަފާކުރެވެނީ 21%ގައެވެ. “

އިތުރަށް ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަމައެހެންމެ  އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް 1%ގައި އޮންނާނެ ކަމަށް ލަފާކުރެވޭ އިރު، ޓެކްސް ރެވެނިއުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ، ނޮން ޓެކްސް ރެވެނިއު 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުުން ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ބަހަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 656 މިލިއަން ރުފިޔާ 2019 ވަނަ އަހަރު ހިމަނާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: