ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ ލެބޯޓަރީ އައިއެސްއޯ ސާޓިފައިޑްވުމަކީ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް: އެމްޑީ މަތީން

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ވޯޓަރ އެންޑު ސިއުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ލެބޯޓަރީ އައިއެސްއޯ ސާޓިފައިޑްވުމަކީ، ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީ މަތީން މިފަދައިން ވިދާޅުވީ، ސަންގުޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. އެމްޑީ ފާހަގަކުރެއްވި ގޮތުގައި، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތަކީ އައިއެސްއޯ ސޭޓިފައިޑް ޚިދުމަތަކަށްވުމަކީ، ރައްޔިތުންނަށް ލިބޭ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ.

އެމްޑީ މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ފެނުގެ ސަލާމަތީ މިންގަނޑުތަކާއި، ފެންވަރު ދެމެހެއްޓުމަށް ބޭނުންކުރާ ލެބޯޓަރީއަކީ، ރާއްޖޭގައި ހުރި ސްޓޭޓް އޮފް ދަ އާޓް ލެބޯޓަރީއެއް ކަމަށެވެ. އަދި އެ ލެބޯޓަރީއަކީ، އައިއެސްއޯ ސޭޓިފައިޑް ލެބޯޓަރީއެއް ކަމުގައި ވުމުން، ބައިނަލްއަގްވަމީ މިންގަނޑުތަކަށް އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކުގެ ފެންވަރު ކަށަވަރުކޮށް، ބެލެހެއްޓޭކަން އެނގިގެންދާ ކަމަށް ވިދާޅުވިއެވެ.

އައިއެސްއޯ ސެޓިފިކޭޝަން ދެމެހެއްޓުމުގެ ގޮތުން އަހަރަކު އެއް ފަހަރު، އެކަމާއި ގުޅުން ހުރި ފަރާތްތަކުން، ރާއްޖެއިން ބޭރުން އައިސް، ލެބުގެ އެކި މަރުހަލާތައް އޮޑިޓް ކުރައްވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.  މި އޮޑިޓްކުރުމާއި، ބަލާފާސްކުރުމަށްފަހު، އެ އައިއެސްއޯ ސެޓިފިކޭޝަން ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ. ފެނަކީ، އިންސާނާގެ ހަށިގަނޑުގެ އެތެރެއަށް ދާ އަދި ބޭރުން ބޭނުންކުރާ އެއްޗަކަށް ވާތީ، ފެނުގެ ރައްކާތެރިކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑަބްލިއުއެސްސީން ފެނުގެ ސާފުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފެނުގައި، އިންސާނާގެ ހަށިގަނޑަށް ބައިލޮޖިކަލީ އަދި ކެމިކަލީ ނުރައްކާވާނެ އެއްވެސް އެއްޗެއް ހުރިތޯ، ހޯދާ ބެލޭނެ ގޮތެއް ހުންނަން ޖެހޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެގޮތުން، ފެނުގެ ސާމްޕަލު އެކި ހިސާބުތަކުން ނަގާ، ލެބޯޓަރީއަށް ގެނެސް ޓެސްޓުކޮށް، އޭގެ ރިޕޯޓު އެކުލަވާލާ ކަމަށާއި، މި ރިޕޯޓުތައް ކަމާބެހޭ އިދާރާތަކަށް ގަވާއިދުން ހިއްސާކުރާ ކަމަށް ވިދާޅުވިއެވެ. އަދި، ފެނުގައި ހުރި އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ހިސާބުން، އެކަން ރަނގަޅު ކުރެވޭ ކަމަށްވެސް އެމްޑީ މަތީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: