ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ނިންމި މަސައްކަތްތަކަކީ، ރައީސް މުއިއްޒު ނުކުރައްވާނެ ކަމަށް ވައުދުވި ކަންތައްތައް: އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ނިންމާފައިވާ ބައެއް މަސައްކަތްތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. 

މެމްބަރު އަމީން މިފަދައިން ވިދާޅުވީ، ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.

މެމްބަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ވޭތުވެ ދިޔަ ދެ އަހަރަކީ، ޤައުމީ ތަރައްޤީއާއި ރައްޔިތުންނަށް ފައިދާވާ ކަންކަން ހިންގަހިންގާ ހުރެފައި ކުއްލިއަކަށް ހުއްޓުމެއް އައި ދެ އަހަރު ކަމަށެވެ. އެގޮތުން، ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ވިޔަފާރިވެރިން ކުރަމުން އައި ވިޔަފާރިތަކަށް ދަތިވެ، އާންމު ރައްޔިތުން ބޭސްފަރުވާ ކުރުމަށް ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރަށްރަށުގައި ފަށައިފައި ހުރި ގިނަ ޕްރޮޖެކްޓުތައް މިހާރު ހުއްޓިފައިވާ ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ. ޚާއްޞަކޮށް، އޭނާގެ ދާއިރާ ކަމަށްވާ ކަނޑިތީމު ދާއިރާގައި ހިންގަމުންދިޔަ ތަރައްޤީގެ ޕްރޮޖެކްޓުތައް ވެސް ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތަކުގެ ތެރެއިން މިހާތަނަށް ހުރީ ހަމައެކަނި ބިންގާ އެޅިފައި ނުވަތަ އެއްބަސްވުންތަކުގައި ސޮއިކުރެވިފައި ކަމަށާއި، އެކަންކަމުގެ ޢަމަލީ މަސައްކަތްތައް އަދިވެސް ފަށާފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.

މެމްބަރު އަމީން ވދާޅުވީި، ސަރުކާރުން މިހާރު ނިންމާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި، ލާމަރުކަޒީ ނިޒާމަށް ދިން ”ހަމަލާތަކާއި“ އަދި އިޤްތިޞާދު ހަމަޔަކަށް އެޅުވުމުގެ ގާބިލުކަން ރައީސްގެ ކިބައިގައި ހުރިކަމަށް ވިދާޅުވެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އިޤްތިޞާދު އޮތް ހާލަތު އިތުރަށް ގޯސްކޮށް، ޑޮލަރުގެ މައްސަލަ ކުރިމަތިވުން ހިމެނޭ ކަމަށެވެ.

”މިކަންކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުން ހިމެނޭ“ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ކަމަށް އަމީން ފައިސަލް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: