ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ މީހުން ބުނަނީ “ޑްރައިވް” ފިލްމް ބެލުމަކީ ބޭކާރު ކަމެއް ކަމަށް

ޑްރައިވްއަށް ފިނި ތަރުޚީބެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޓްފްލިކްސްގެ އޮރިޖިނަލް ފިލްމް “ޑްރައިވް” އާއި މެދު ގިނަ ބަޔަކު ކުރި އުންމީދުތައް ދިޔައީ ފަނުފުލުންނެވެ.

ފިލްމަށް ކްރިޓިކްސް އިން ލިބުނީ 2.3ގެ ރޭޓިންއެކެވެ.

ސުޝާންތް ސިންގ ރާޖްޕުތް އާއި ޖެކޮލައިން ފެނާންޑެޒްގެ އިތުރުން ބޮމަން އިރާނީ ފަދަ ތަޖުރިބާކާރު ތަރިއެއްވެ ފިލްމުގެ ލީޑްރޯލްއިން ފެނިގެން ދެއެވެ. މި ތަރިންނާއި އެކު މި ފިލްމަކީ ނެޓްފްލިކްސްގައި މަޤްބޫލް ފިލްމަަކަށް ވާނެ ކަމަށް ބެލެވުނެވެ.

ފިލްމްގެ ތަރިންގެ އިތުރުން، ފިލްމްގެ ޕްރޮޑަކްޝަންގައި ވެސް ހަރަކާތްތެރިވީ މަޤްބޫލް ޓީމެކެވެ. އެގޮތުންފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި، ހިރޫ ޔަޝް ޖޯހަރް އާއި ކަރަން ޖޯހަރްގެ އިތުރުން، އަޕްރޫވާ މެހެތާ ހިމެނެއެވެ.

ފިލްމް ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ފިލްމްގެ ކުރީބައި، ދިގު ދެމިގެން ދިއުމެވެ.

ހަމައެހެންމެ  ޖެކޮލައިން އާއި ސުޝާންތް ފަދަ އެކްޓަރުންގެ ކިބައިންވެސް އެކަށީގެންވާ ހުނަރެއް މި ފިލްމުން ފެނިގެނެއް ނުދިޔައެވެ. އަދި ފިލްމްގެ އެހެން ބައެއް ރޯލްތަކުގައި ތިބި ފަރާތްތަކުގެ އެކްޓިން އަށް ވެސް ފާޑުކިޔުން އަމާޒުވިއެވެ.

ފިލްމަށް ދީފައިވާ ޑްރައިވްގެ ނަމާއި ފިލްމާއި އެއްވެސް ވަރަކަށް ގުޅުވާލެވިފައި ނުވާކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމަށް ފާޑުކިޔުން އަމާޒުވީނަމަވެސް ތަރުން މަންސުކާނީ ލިޔުނު މި ފިލްމްގެ ވާހަކައަށް ވަނީ ތައުރީފް ލިބިފައެވެ.

https://www.youtube.com/watch?v=7ZU6X0wyzgc&feature=youtu.be

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: